ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢީދާއި ގުޅިގެން މާލޭގެ 3 ސަރަހައްދެއްގެ ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެ

traffic police
STO_Ads
TTH_Ads
Advertisement

މިއަހަރުގެ އަޟްޙާ ޢީދު ނަމާދާއި ޢީދު ކުޅިވަރުތަކާއި ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

ފުލުން އަންނަނީ ކޮންމެ ޢީދަކާއި ދިމާކޮށްވެސް މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ.

މައުލޫމާތުދެއްވަމުން ހެޑް އޮފް ޓްރެފިކް ޕޮލިސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާން ވިދާޅުވީ، ޢީދު ނަމާދާއި ޢީދު ކުޅިވަރުތައް ކުރިއަށްދާ ވަގުތުތަކުގައި ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ. މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާ މާފަންނު ސްޓޭޑިއަމްގެ ވަށައިގެންވާ މަގުތައް ޢީދު ނަމާދު ގަޑިއަށް ބަންދުކުރާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން ސްޓޭޑިއަމް ވަށައިގެން މާފަތްތަކުރުފާނު މަގާއި އަމީނީ މަގު އަދި ހިލާލީ މަގު ހެނދުނު ހަޔަކުން ފެށިގެން ޢީދު ނަމާދު ނިމެންދެން ބަންދުވާނެއެވެ. އެހެންކަމުން ޢީދު ނަމާދަށް ދާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޭޓްތަކުން ޢީދުނަމާދަށް ވަޑައިގެންނެވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

MMA_Ads
HajjCop_ads
Advertisement

ޢީދު ނަމާދު ބޮޑު ޖަމާޢަތަށް ސްޓޭޑިއަމަށް ދާ ފަރާތްތަކުގެ ތެރެއިން ފިރިހެނުން ސްޓޭޑިއަމަށް ވަނުމަށް ހަމަޖައްސާފައިވަނީ ހިލާލީ މަގު އެފްއޭއެމް ހައުސްއާ ދިމާލުން ހުންނަ މައި ގޭޓުންނާއި އިސްކަންދަރު ކޮށި 1 ކުރިމަތީގައިވާ ގޭޓުންނެވެ. އަންހެނުން ސްޓޭޑިއަމްގެ ވަނުމަށް ހަމަޖައްސާފައިވަނީ ކޯރުކެނޑި ހިނގުމުން އަމީނީ މަގަށް ނިކުމެވޭ ދިމާ ކުރިމަތީގައިވާ ގޭޓާއި ސިންތެޓިކް ޓްރެކާ ދިމާލުން ކަނޑައަޅާފައިވާ އިތުރު ގޭޓުންނެވެ. މި ގޭޓަށް ސިންތެޓިކް ޓްރެކް ތެރެއިންނާއި، މާފަތްތަކުރުފާނު މަގުން އަދި ބޮޑުތަކުރުފާނު މަގުން ވެސް ދެވޭނެކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޢީދުނަމާދަށް ދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޓްރެފިކް ޕޮލިހުންނާއި ކެޑޭޓުންނާއި ގާލް ގައިޑުން އެސަރަހައްދުގައި ހަރަކާތްތެރިވާނެކަމަށެވެ.

ސްޓޭޑިއަމްގެ އިތުރުން ޢީދުނަމާދު ކުރާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުކުރު ނަމާދު ވަގުތުތަކުގައި ބަންދުކުރާ އުސޫލުންކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވަނީ މި ތިން ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ވީހާވެސް އަވަހަކަށް ނެގުމަށްކަމަށް އެދިވަޑައިގެންފައެވެ.

“ޢީދުނަމާދު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ވީއެންމެއަވަހަކަށް ނެގުމަށް ފުލުހުންގެ ފަރާތުން އެދެން. ސަބަބަކީ ޢީދު ނަމާދުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އަޅުގަނޑުމެން އެސަރަހައްދު ހުސްކުރަންޖެހުން” އިމްރާން ވިދާޅުވިއެވެ.

މިސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ޓޯ ނުކުރި ނަމަވެސް، ނަމާދު ވަގުތަށް ސަރަހައްދު ހުސްކުރުމުގެ ގޮތުން އެހެން ސަރަހައްދުތަކަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންވަނީ ޕާކުކުރުން މަނާ ސަރަޙައްދުތައް އެނގޭގޮތަށް ޗާޓެއް އާންމުކުރައްވާފައެވެ.

ޢީދު ނަމާދުގެ އިތުރުން އީދު އުފާ ކުޅިވަރުތަކާ ގުޅިގެން އީދު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް ބައެއް މަގުތައް ދުއްވާއެއްޗަށް ނުވަދެވޭގޮތަށް ބަންދުކުރެވޭނެ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާން ވިދާޅުވިއެވެ. އެގޮތުން ސަލްޓަން ޕާކު، އިސްލާމީ މަރުކަޒުގެ މާބަލް އޭރިއާ، ޖުމްހޫރީ މައިދާން އަދި އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ މިގަޑިތަކުގައި ބަންދުކުރެވޭނެއެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށާއި، އާންމު ދަތުރުފަތުރުގެ ކަންކަމުގައި މި ބަދަލުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަހަރުގެ ޢީދު ނަމާދު މާލެ ސަރަހައްދުން ހަތަރު ތަނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސްމަގާއި ދުބުރިގަސްމަގު ހިމެނޭ ގޮތަށް އޮންނަ ހުސްބިމުގައި ޢީދު ނަމާދު ކުރާނެއެވެ.

ބޮޑު ޖަމާޢަތުގެ އިތުރުން، މާލެ ސަރަހައްދުގެ ޖުމްލަ 25 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Eid

މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ

hukuru namaadu

މާލެ ސަރަޙައްދުގައި އީދު ނަމާދު ކުރާނީ ހަތަރު ސަރަހައްދެއްގައި އަދި 25 މިސްކިތެއްގައި

raees Office

ޢީދު ބަންދަށް 9 ދުވަސް، މިމަހު 24 އަދި 25ވެސް ބަންދުކޮށްފި

އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ މިންގަނޑުތައް މިހާރަށްވުރެ ފުރިހަމަކުރަނީ