ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 4121 މީހުންނަށް 

STO_Ads
TTH_Ads
Advertisement

އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަންގައި ޖުމުލަ 7 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރެއިން 5 ވޯޓުފޮށި އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި 2 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި ބައި-އިލެކްޝަންގެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލައްވާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙުމަދު ސަޢީދާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޢަބްދުﷲ ޞާދިޤެވެ.

HajjCop_ads
MMA_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުކުރި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް ހުކުމާއެއްގޮތަށް ނުދައްކާ އޮތްކަން ސާބިތުވުމާ ގުޅިގެންނެވެ. އެ ދަރަނި ޝަރުޢީ ޙުކުމާ އެއްގޮތަށް އޭނާ ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކު އޭނާގެ މެންބަރުކަމުގެ ޝަރުތު ވަނީ ގެއްލިފައެވެ

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

election

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

election

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މާދަމާ އޮންނާނެ

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ