ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވ. އަލިމަތާ ކައިރީގައި މަރުވި އިޓަލީގެ ޑައިވަރުން ފީނާފައިވަނީ އެކަށީގެންވާ އާލާތްތަކާ ނުލައި ކަމަށް ބުނެފި

8u
STO_Ads
TTH_Ads
Advertisement

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހޮޅައަކަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ޑައިވަރުން އެ ނުރައްކާތެރި ތަނަށް ވަދެފައިވަނީ ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރަންޖެހޭ އެންމެ އެކަށީގެންވާ އާލާތްތަކާ ނުލައިކަމަށް، އެ މީހުންގެ ހަށިތައް ނެގުމުގައި ހަރަކާތްތެރިވި ޑައިވަރަކު ހާމަކޮށްފިއެވެ.

ފިންލޭންޑަށް ނިސްބަތްވާ އަދި ޑޭން ޔޫރަޕްގެ ޑައިވަރެއް ކަމަށްވާ ސާމީ ޕަކަރިނެން، އިޓަލީގެ ނޫހެއް ކަމަށްވާ ލަ ރިޕަބްލިކާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މަރުވި ޑައިވަރުންގެ އަތުގައި ގައިޑް ރޯޕް ވެސް ނެތް ކަމަށެވެ. އާންމުކޮށް އެފަދަ ހަނި އަދި ފުން ހޮހޮޅަތަކަށް ވަންނައިރު މަގު ދައްކައިދިނުމަށް ބޭނުންކުރާ ގައިޑް ރޯޕް ނުވަތަ ޑައިވިން ރީލް ފަދަ ތަކެތި ބޭނުން ނުކޮށް، އެފަދަ ނުރައްކާތެރި ތަނަކަށް އެ މީހުން ވަނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ޕަކަރިނެން މައުލޫމާތު ދިން ގޮތުގައި، އެ ފަސް ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ ހޮހޮޅައިގެ އެއް ދިމާލަކުންނެވެ. އެއީ ވަރަށް ފުން ހިސާބެއްކަން ފާހަގަކުރަމުން އޭނާ ބުނީ، މިއީ އިންސާނުންނަށް ހެދޭ ގޯހަކުން، ނުވަތަ ހިއުމަން އެރާއަކުން ހިނގާފައިވާ ހިތާމަވެރި ހާދިސާއެއްކަމަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް މި ހާދިސާގައި އަސްލު ކަން ހިނގައިދިޔަ ގޮތް ނިންމާނީ ކަމާބެހޭ ތަހުގީގު ޓީމުންކަމަށް އޭނާ ބުންޏެވެ.

HajjCop_ads
MMA_Ads
Advertisement

ހޮހޮޅަތަކަށް ފީނާ މީހުންނަށް ގައިޑް ރޯޕެއް ނެތި އެފަދަ ތަންތަނަށް ވަނުމަކީ ބުއްދިވެރި ކަމެއް ނޫންކަން އެނގޭނެކަމަށް ޕަކަރިނެން ފާހަގަކުރިއެވެ. އަދި ހިތާމައަކީ އެފަދަ ހޮހޮޅަތަކުގައި ހިނގާ ގިނަ ހާދިސާތަކުގެ އަސްލަކީ އަމިއްލައަށް ހެދޭ ގޯސްތައް ކަމަށްވުން ކަމުގައި އޭނާ އިތުރަށް ބުނެފައިވެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

441672 3 6276be7120af88a353ae0b5987c1fbeaac753612

ފިންލެންޑުގެ ޑައިވަރުން ހޮހޮޅަތެރެއަށް ދިއުމަށް ނިންމާނީ ތަޖުރިބާ ޑައިވްތަކަށްފަހު: ތަރުޖަމާނު

DCIM100GOPROG0982281.

ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ރާއްޖެއިން ޤާއިމްކުރަނީ