ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިންލެންޑުގެ ޑައިވަރުން ހޮހޮޅަތެރެއަށް ދިއުމަށް ނިންމާނީ ތަޖުރިބާ ޑައިވްތަކަށްފަހު: ތަރުޖަމާނު

441672 3 6276be7120af88a353ae0b5987c1fbeaac753612
TTH_Ads
STO_Ads
Advertisement

ވ.އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރުމަށް ރާއްޖެއައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުން ހޮހަޅަތެރެއަށް ދިއުމަށް ނިންމާނީ ތަޖުރިބާގެ ޑައިވްތަކަށްފަހު ކަމަށް ސަރުކާރުން ބުނެފިއެވެ.

ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ރާއްޖެއަށް އައީ އެމްއެންޑީއެފުން ހިންގަމުންދާ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިއްޔެއެވެ. އެ ޓީމު މިއަދު ޑައިވް ފެށި ނަމަވެސް މިހާރު ކުރަނީ، އޮރިއަންޓޭޝަން ނުވަތަ އެ ސަރަހައްދު ދެނެގަތުމުގެ ޑައިވްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ފިންލެންޑުން ރާއްޖެއައި ޓީމަކީ މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކުގައި ތަޖުރިބާ ހުރި ޓީމެއް ކަމަށެވެ. އަދި އެ ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ތަރުޖަމާނު ވިދާޅުވީ، ފިންލެންޑުގެ ޓީމުން އައީ އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށްގެން ކަމަށެވެ. އެގޮތުން، ފުރަތަމަ އެ ސަރަހައްދު ދެނެގަތުމުގެ ޑައިވްތަކެއް މިހާރު ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގައި މޫސުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށެވެ. އަދި ފުނަށް ޑައިވްކޮށް، ހޮހަޅަތެރެއަށް ދިއުމަށް އެ ޓީމުން ނިންމާނީ ތަޖުރިބާގެ ޑައިވްތަކަށްފަހު ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ކޯސްޓްގާޑާއި ފުލުހުންގެ ޚިދުމަތުގެ ޑައިވަރުންވެސް ހަރަކާތްތެރިވާނެކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، އެ ފަރާތްތަކުން ޑައިވްކުރާނީ ފިންލެންޑުގެ ޓީމަށް އެހީވުމަށް ކަމަށެވެ. އަދި އެ ޑައިވަރުން ފުނަށް ޑައިވްނުކުރާނެ ކަމަށްވެސް ވިދާޅުވިއެެވެ.

މީގެ އިތުރުން ފިންލެންޑުގެ ޑައިވަރުންގެ ޓީމަށް ދިވެހި ދެ ކުންފުންޏަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެ ޓީމު ރާއްޖެއައީ މިފަދަ މިޝަންތަކުގައި ބޭނުންވާނެ ޒަމާނީ ގިއަރުތައް ހިފައިގެންކަންވެސް އިސްތަރުޖަމާނު ފާހަގަކުރެއްވިއެެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.

މި ޙާދިސާގައި ގެއްލިފައިވަނީ، އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ، ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްވެސް ވަނީ، އޮޕަރޭޝަނުގެ ތެރެއިން ހާލު ދެރަވެ ނިޔާވެފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

8u

ވ. އަލިމަތާ ކައިރީގައި މަރުވި އިޓަލީގެ ޑައިވަރުން ފީނާފައިވަނީ އެކަށީގެންވާ އާލާތްތަކާ ނުލައި ކަމަށް ބުނެފި

ޢީދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީކަންކަން ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

އިންޑިއާގައި ކުރިއަށްދާ “އެކްސަސައިޒް ޕްރަގާޓީ 2026” ގައި ދިވެހި ސިފައިން ބައިވެރިވެއްޖެ