ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަޠަނީ ޚިދުމަތުގެ އިތުރު ދެ ބެޗު މި އަހަރު ކުރިއަށްގެންދާނެ: ރައީސް

muiz
STO_Ads
TTH_Ads
Advertisement

ގައުމާއި ދީނަށް ލޯބިކުރާ ހުނަރުވެރި ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފަށާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމުގެ ދަށުން މި އަހަރު އިތުރު ދެ ބެޗެއް ތަމްރީނުކުރާނެކަމަށާއި، ސަރުކާރުގެ އަމާޒަކީ އެ ޕްރޮގުރާމުގެ ތެރެއިން މި އަހަރު 1،000 އެއްހައި ޒުވާނުން ތަމްރީނުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޒަރީއާއިން ހަފުތާއަކު އެއް ދުވަހު ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވުމަށް ރައީސް ބައިވެރިވެވަޑައިގަންނަވާ “ނޭޝަން ޗެޓް”ގެ ފުރަަތަމަ ޕްރޮގުރާމުގައި ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމަށް އަލިއަޅުވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ މި ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 600 އެއްހައި ޒުވާނުން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެ ޕްރޮގުރާމުގެ ދަށުން ތަމްރީނުކުރި ފުރަތަމަ ބެޗުގައި ބައިވެރިވެ ދަސްވެނިވި 300 ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ޒުވާނުން ތިބީ ވަޒީގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދެވަނަ ބެޗުން ތަމްރީނުވާ ކުދިންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންވެސް ވަޒީފާއާ ގުޅޭނެކަމަށެވެ.

HajjCop_ads
Advertisement

އެ ކުދިންގެ ތެރެއިން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން ވަޒީފާ ހޯދަން ބޭނުންވާ ޒުވާނުން ނޫން ހުރިހާ ދަރިވަރުންނަށް ސަރުކާރުގެ އެކި މުއައްސަަސާތަކުގެ ތެރެއިން ވަޒީފާ ހޯދައިދެއްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ކަސްޓަމާއި އިމިގްރޭޝަނާއި، ކަރެކްޝަންސް އަދި ފުލުހުންނާއި ސިފައިންގެ ތެރެއިން އެ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެވޭކަން ފާހަގަކުރެއްވިއެވެ.

“މިދެންނެވި ފަދައިން ހުނަރުވެރި އަހުލާގު ރަނގަޅު ދީންދެކެ ލޯބިވާ ޗެލެންޖަސްއާ ކުރިމަތިލާން ކެރޭ ޒުވާނުން ބިލްޑުކޮށްފައި، އެ ޒުވާނުންނަށް މަގުވެސް އަޅުގަނޑުމެންދައްކައިދެނީމި އެމްޕްލޮއިމެންޓް އޮޕަޗުނިޓީ ހޯދައިދީފައި،” ރައީސް ވިދާޅުވިއެވެ.

“މިފަހަރު މިބެޗު ނިމުނީމަ ނިމުނީކީ ނޫން. މިއަހަރު އިތުރު ދެ ބެޗު ކުރިއަށްގެންދެވޭތޯ އަޅުގަނޑު ބަލާނަން. ޓޭގަޓަކީ އަހަރު ނިމެންވާއިރަށް 900 ނޫނިއްޔާ ގާތްގަނޑަކަށް 1،000 ހަމަވޭތޯ ބަލަނީ. މި އަންނަ އަހަރުވެސް ހާހެއް ނޫނިއްޔާ ގާތްގަނޑަކަށް އެހައިވަރު. ކޮންމެ އަހަރަކުވެސް އެގޮތަށް ގެންދެވޭތޯ ބަލަނީ. އެކަމުގެ ސަބަބުން ޒުވާނުންނާއި އެކުދިންގެ އާއިލާތަކަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުން ލިބިގެންދޭ،”

މި މަސައްކަތުގައި އިސްދައުރެއް އަދާކުރަނީ ގައުމީ ދިފާއީ ބާރުންކަން ފާހަގަކުރައްވަމުން ރައީސްވަނީ އެ އިދާރާއަށާއި، މި ޕްރޮގުރާމު ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމުގައި ބައިވެރިވާ ދައުލަތުގެ އެހެނިހެން އިދާރާތަަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެއާއެކު ވަޒީފާއާއި މަތީ ތައުލީމުގެ މަސައްކަތުން މަހުރޫމުވެފައި ތިބި ކުދިން ދައުލަތާ ހަވާލުކުރަން ނިންމައި ސަރުކާރަށް މައިންބަފައިން އެކަމުގައި ކުރަނީ ވަރަށް ބޮޑު އިތުބާރެއްކަން ފާހަގަކުރައްވަމުން ރައީސްވަނީ މި ޕްރޮގުރާމުގައި ބައިވެރިވާ ޒުވާނުންގެ މައިންބަފައިންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 07 09

ޑރ. ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ޑރ. މުއިއްޒު ބައްލަވާލައްވައިފި

raees Office

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހު 12 ގައި ހުޅުވާލަނީ

raees muiz

ލިޔުންތެރިން ވާންޖެހޭނީ، ޤައުމު އަބަދުމެ ފަޚުރުވެރިވާނެ، ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ބަޔަކަށް: ރައީސް