ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޯބެ ވަނީ އައްޑުއަށް އިހުމާލުވެފައި، ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

H6txovzbmjojwefnjhdb
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ވަނީ އައްޑުއަށް އިހުމާލުވެފައި ކަމަށާއި އޭނާއަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޓިކެޓްގައި ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ސައީދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، މޭޔަރެއްގެ ހައިސިއްޔަތުން ޚިދުމަތް ކުރުމަށް ރައްޔިތުން ސޯބެއަށް ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ރައްޔިތުން ދިންކަމަށާއި އެކަމަކު ވީކަމެއް ނެތް ކަމަށެވެ.

HajjCop_ads
Advertisement

“އެކަމަކު ރައްޔިތުން ބުންޏޭ ހޯހޯ، ފުދޭޔޭ، އަބްދުﷲ ސޯދިގު ފުދޭޔޭ. އެމްޑީޕީ މީހަކަށް ވިޔަސް ދެން އެހެން މީހަކަށް ވާން ޖެހޭނެއޭ،” އޭނާ ވިދާޅުވިއެވެ.

2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީން ވެސް ސޯބެ ބަލިވި ކަމަށާއި އެހެންކަމުން އެމްޑީޕީގެ އާންމު މެންބަރުން ވެސް އޭނާއަށް ނޫނެކޭ ބުނެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

“އެމްޑީޕީން ވެސް އޭނާއަށް ނޫނެކޭ ބުނެފި، ފުދޭ ވަރު ވެއްޖެ،” އޭނާ ވިދާޅުވިއެވެ.

ގިނަ އަހަރުތަކެއް ވަންދެން ސޯބެ ވަނީ އައްޑުއަށް އިހުމާލުވެފައި ކަމަށާއި އެހެންކަމުން ރައްޔިތުން މިފަހަރު އޭނާއަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހްމަދު ސައީދު އިންތިޚާބުވެއްޖެނަމަ އައްޑޫގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“މި ދާއިރާގެ ޙާލަތަށް ބަލައިލައްވާ. އުމްރާނީ ތަރައްޤީގެ ޙާލަތު، އިޖްތިމާޢީ ތަރައްޤީގެ ޙާލަތު، އިޤްތިޞާދީ ތަރައްޤީގެ ޙާލަތު. މި ސިޓީ ވަރަށް ބޮޑަށް އިހުމާލުކޮށްފައި އޮތީ، އަދި އެ އިހުމާލުގެ ޒިންމާ ނަގަން ޖެހޭނީ އަބްދުﷲ ސޯދިގު،” އޭނާ ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެރިކަލްޗާ ތަރައްގީކުރަން ގާނޫނުތަކަށް އިސްލާހު ގެންނަނީ

މަސްވެރިކަމުގެ ސިނާޢަތާ ގުޅުންހުރި މަޝްރޫޢުތައް އަވަސްކުރަން މަޝްވަރާކުރައްވައިފި

43

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޞާދިޤު ހޯމަ ދުވަހު ހުވާކުރައްވަނީ

Sstv FORM FOR EC

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަބްދުﷲ ސޯދިގު ކާމިޔާބުކުރައްވައިފި