ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަޑިޖެހުމުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ވައިޓް ހައުސް ލޮކްޑައުންކޮށްފި

ވައިޓް ހައުސް ކައިރީގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ:
TTH_Ads
STO_Ads
Advertisement

އެމެރިކާގެ ވައިޓް ހައުސްގެ ބޭރުގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގައިގެން އެމެރިކާގެ ސީކްރެޓް ސަރވިސް އޭޖެންޓުން ހަރަކާތްތެރިވަމުން އެބަދެއެވެ.

ބަޑިޖަހާފައިވަނީ ވައިޓް  ހައުސްގެ ނޯތު ލޯންއާ ދިމާއަށެވެ.

ބަޑިޖެހުމުގެ ހާދިސާ ހިނގި ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ހުރީ ވައިޓް ހައުސްގެ ތެރޭގައެވެ.

HajjCop_ads
Advertisement

މިހާދިސާގައި އެމެރިކާގެ ރައީސަށް ކަމެއް ވީކަމެއް އަދި ސާފެއް ނުވެއެވެ.  ނަމަވެސް ވައިޓް ހައުސްގެ އުތުރު ހުޅަނގު ކަނުގައި ދެމީހަކަށް ފަރުވާދެމުންދާ ކަމަށް ނޫސްވެރިން ބުނެއެވެ.

ވައިޓް ހައުސް ކައިރީގައި ޖަމާވެފައި ތިބި ނޫސްވެރިން ބުނެފައިވަނީ ގާތްގަނޑަކަށް ތިރީހަކަށް ވަޒަން ފޮނުވާލި އަޑު އިވުނު ކަމަށެވެ. ބަޑިޖެހީ ދެމީހަކު ވެގެން ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ބަޑިޖަހަން ފެށުމުން ނޫސްވެރިން ރައްކާތެރިވާން ސީކްރެޓް ސަރވިސް އޭޖެންޓުން ގޮވައި ހަޅޭލަވާ އަޑާއި، ނޫސްވެރިން ސަލާމަތް ހޯދަން މަސައްކަތް ކުރާ މަންޒަރު ލައިވްކޮށް ޓީވީތަކުން ފެނިފައި ވެއެވެ. ނޫސްވެރިން ސަލާމަތްކުރަން ވައްދާފައިވަނީ ޕްރެސް ރޫމަށް ކަމަށް ވެއެވެ.

ބަޑިޖެހުމުގެ ހާދިސާއާއެކު ސީކްރެޓް ސާރވިސް އޭޖެންޓުންނާއި، ފެޑެރަލް އޭޖެންޓުންވަނީ  ވައިޓް ހައުސް ވަށާލާފައެވެ. އަދި އިމަޖެންސީ އަސްކަރީ ވެހިކަލްތަކާއެކު ވައިޓް ހައުސް މިހާރުވަނީ ލޮކްޑައުން ކޮށްފައެވެ.

ވައިޓް ހައުސް ކައިރީގައި ބަޑިޖެހުމުގެ ހާދިސާއެއް މި ހިނގީ، އީރާނު ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ހެދުނު އެއްބަސްވުމާ ގުޅޭގޮތުން ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް އެމެރިކާގެ ރައީސް ތައްޔާރުވަމުން ދަނިކޮށެވެ.

ބަޑިޖެހުމުގެ ހާދިސާ ގުޅިގެން އެމެރިކާ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ޒަޚަމްވި މީހުންނާ ބެހޭ މައުލޫމާތެއް އަދި ބަޑިޖެހީ ކޮން ބައެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ