ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

Io
STO_Ads
TTH_Ads
Advertisement

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.

ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަށް މިހާރު މަހަކު 7،000 ރުފިޔާގެ މުސާރައެއް ލިބެއެވެ. އަދި ނައިބު ރައީސުންނަށް 6،500 ރުފިޔާ ލިބޭއިރު، ކޮމިޓީގެ މެންބަރުންނަށް ލިބެނީ 6،000 ރުފިޔާއެވެ.

ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންނަށް މަހަކު 6،000 ރުފިޔާގެ މުސާރައެއް ލިބޭއިރު، ނައިބު ރައީސުންނަށް 5،500 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ލިބެއެވެ.

HajjCop_ads
MMA_Ads
Advertisement

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ފުލްޓައިމްކޮށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ނިންމުމާ ގުޅިގެން، ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ މުސާރަތައް މުރާޖައާކޮށްފަ އެވެ. އެގޮތުން، ސިޓީތަކުގެ ކޮމިޓީ ރައީސުންގެ މުސާރައަކީ މަހަކު 41،500 ރުފިޔާ ކަމަށާއި، ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރައަކީ މަހަކު 21،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ސިޓީތަކުގެ ރައީސުންގެ މުސާރަ ބެހިފައިވާ ގޮތަކީ 33،000 ރުފިޔާގެ މުސާރައަކާއި 8،500 ރުފިޔާގެ ލިވިން އެލަވަންސެކެވެ. ރަށްރަށުގެ ރައީސުންގެ މުސާރަ ބެހިފައިވަނީ 16،500 ރުފިޔާގެ މުސާރައަކާއި 4،500 ރުފިޔާގެ ލިވިން އެލަވަންސެއްގެ ގޮތުގައެވެ.

މި ބަދަލުތަކާ ގުޅިގެން ސިޓީތަކާއި ރަށްރަށުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެންބަރުންގެ މުސާރައަށް ވެސް ބަދަލުތަކެއް އައިސްފައިވެ އެވެ. ސިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ބައްދަލުވުމަކަށް ހާޒިރުވާ ކޮންމެ ފަހަރަކު 500 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ.

ރަށްރަށުގެ ނައިބު ރައީސުންގެ މުސާރަ 6،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ބައްދަލުވުންތަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. ކޮމިޓީ މެންބަރުންގެ އަސާސީ މުސާރައަށް ބަދަލެއް ނައި ނަމަވެސް، ބައްދަލުވުންތަކަށް ހާޒިރުވާ ކޮންމެ ފަހަރަކު 500 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި ރައީސުންނަށް މުސާރައިގެ މި ބަދަލުތައް ވަނީ އަންގާފައެވެ.

MWSC_ads
Advertisement
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ޕޭ ކޮމިޝަނުގެ އެސްޖީ ކަމުން ޑރ. ފައިޒަލް އިސްތިއުފާދެއްވައިފި

މުސާރައިގެ އައު އޮނިގަނޑާއެކު ފާހަގަވި މައްސަލަތައް ދަނީ ހައްލުކުރަމުން: ޕޭ ކޮމިޝަން

civil service office

ޕޭ ފްރޭމްވަރކަށް ހިޖުރަކުރި އިދާރާތަކުން ފާހަގަކުރި މައްސަލަތައް މިދަނީ ޙައްލުކުރަމުން: ޕޭ ކޮމިޝަން

Mal

ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި