ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޭ ފްރޭމްވަރކަށް ހިޖުރަކުރި އިދާރާތަކުން ފާހަގަކުރި މައްސަލަތައް މިދަނީ ޙައްލުކުރަމުން: ޕޭ ކޮމިޝަން

civil service office
STO_Ads
TTH_Ads
Advertisement

ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުއައްސަސާތަކަށް ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނޭޝަނަލް ޕޭކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ޕޭ ފްރޭމްވަރކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ސިވިލް ސަރވިސް އާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިވަނީ 1 ނޮވެމްބަރު 2025 ގައެވެ. އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 އިންސައްތަ މުއައްސަސާ ވަނީ މި ފްރޭމްވަރކާ ގުޅިފައެވެ.

HajjCop_ads
Advertisement

އެހެންކަމުން، މިހާރު ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ޕޭ ކޮމިޝަނުން ބުންޏެވެ. މިގޮތުން، ޕޭ ކޮމިޝަނަށް ލިބިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، އެކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް ބުންޏެވެ.

މިއާއެކު، ބާކީ ހުރި މުއައްސަސާތައް ޕޭ ފްރޭމްވަރކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ނިމޭނެކަމަށާއި،. މިގޮތުން، ބާކީ ހުރި މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށްވެސް ނޭޝަނަލް ޕޭ ކޮމިޝަނުން ބުންޏެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ޕޭ ކޮމިޝަނުގެ އެސްޖީ ކަމުން ޑރ. ފައިޒަލް އިސްތިއުފާދެއްވައިފި

މުސާރައިގެ އައު އޮނިގަނޑާއެކު ފާހަގަވި މައްސަލަތައް ދަނީ ހައްލުކުރަމުން: ޕޭ ކޮމިޝަން

Mal

ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި