ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފައިޒަލް މަގާމުން އިސްތިއުފާ ދެއްވިކަން ފިނޭންސް މިނިސްޓްރީން ކަށަވަރުކޮށްދެއެވެ.
ޑރ. ފައިޒަލް ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންޓަނުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފައިޒަލް ވަނީ ދައުލަތުގެ މުހިންމު އެކި މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓާ އޮފް ޕާފޯމަންސް މެނޭޖްމަންޓްގެ މަގާމު ހިމެނެއެވެ.
ފައިޒަލް ސިވިލް ސާވިސްއާ ގުޅިވަޑައިގަތީ 1996 ވަނަ އަހަރު ރައީސް އޮފީހުގެ ރިސާޗް އޮފިސަރު ޓްރޭނީއެއްގެ ގޮތުގައެވެ.








ކިޔުންތެރިންގެ ހިޔާލު