ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާގައި ކުރިއަށްދާ “އެކްސަސައިޒް ޕްރަގާޓީ 2026” ގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

TTH_Ads
STO_Ads
Maldivian_Ads
Advertisement

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ “ޕާޓްނަރޝިޕް އޮފް ރީޖަނަލް އަރމީސް ފޮރ ގްރޯތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން”، (އެކްސަސައިޒް ޕްރަގާޓީ 2026) ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

މިހިނގާ މޭ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް އިންޑިއާގެ މެގަލައިޔާގައި ހުންނަ އަމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްދާ މި އެކްސަސައިޒުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ އިތުރުން، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލައޯސް، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ، އަދި ވިއެޓްނާމް ބައިވެރިވެއެވެ.

މި އެކްސަސައިޒް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ފަރުބަދަމަތީ އަދި ޖަންގަލި ސަރަޙައްދުތަކުގައި ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކުގެ މައްޗަށެވެ. ފަންނީ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށާއި، އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި އެކްސަސައިޒުގައި، ޖޮއިންޓް ޕްލޭނިންގ އެކްސައިޒްތަކާއި، ޓެކްޓިކަލް ޑްރިލްސް، އަދި ކޯޑިނޭޓެޑް އޮޕަރޭޝަންސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

މި އެކްސަސައިޒުގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް، އެމްއެންޑީއެފް ސްޕެޝަލް ބޯޓް ސްކޮޑްރަން އަދި އެމްއެންޑީއެފް މެރީންސް ހިމެނޭހެން 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މާލެ ސްކޭޓް ޕާކު ސަރަހައްދު ތޮށިގަނޑު ގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް އައިޖީއެމްއެޗަށް ގެންގޮސްފި

B 202609101032351789061555.5756

ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ