ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ދަނީ ލިބެމުން: ޕީއެންސީ

Io
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ޓެރިފް ނެގުން އިނގިރޭސިވިލާތުން ނިމުމަކަށް ގެނައުމާ ގުޅިގެން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިގުތިސާދީ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ނިންމުމާއި މަސްވެރިކަމުގެ ކުރިއެރުންމިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި ބަދަލަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ރަސްގެފާނާއި ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާތަކުގެ ނަތީޖާއެކެވެ.

ދިވެހި މަހަށް ޓެރިފް ކަނޑާލުމަކީ އިނގިރޭސިވިލާތުގައި ބޭއްވެވި މަޝްވަރާތަކުގައި ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅެއް ކަމަށް ޕީއެންސީން ފާހަގަކުރެއެވެ. މި ބަދަލާއެކު ދިވެހި މަހުގެ އެކްސްޕޯޓު އިތުރުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ.

HajjCop_ads
Advertisement

މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަޑިގަނޑުން ނެގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތްޕުޅުކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށާއި، ބައިނަލްއަގުވާމީ ބާޒާރުތަކުގައި ދިވެހި މަހަށް ފުރުސަތު ހޯދުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އެ ޕާޓީން ފާހަގަކުރިއެވެ.

ސަރުކާރުން ގެނައި އިސްލާހުތަކުގެ ތެރޭގައި، ސަރުކާރުގެ ކުންފުނިތަކަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ނިޒާމެއް ގާއިމުކުރުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ލުޔެއް ކަމަށް ޕީއެންސީން ބުންޏެވެ. މީގެ އިތުރުން، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމާއި، އައިސް އަޅާ ނިޒާމު ގާއިމުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި ސަރުކާރުގެ ކާމިޔާބީތަކެއް ކަމުގައި އެ ޕާޓީން ފާހަގަކުރިއެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްރޫއުތައް ފަށާފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ދިވެހި މަސް އިޝްތިހާރުކޮށް ވިއްކުމަށް ހާއްސަ ކުންފުންޏެއް އުފައްދާފައިވާކަން ޕީއެންސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Original

ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު އިތުރު 10 ބޭފުޅަކު އައްޔަނުކުރައްވައިފި