ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

hulhumale
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން ބޯހިޔާވަހިކަމަށް އެދުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސް، އެފަރާތްތަކުގެ ބެލެނިވެރިންނަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކަށާއި، 18 އަހަރު ފުރިފައިނުވާ ކުދިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ. އެގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށް މިހާރު އެފަރާތްތަކުގެ ބަދަލުގައި ކުރިމަތިލެވޭނެއެވެ.

“އާއިލީ ބޯހިޔާވަހިކަން” ޕްރޮގުރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓަގަރީއަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު އެޕްރީލް މަހުގެ 1 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކުން އެންސްޕާއިން ދޫކޮށްފައިވާ ނުކުޅެދުންތެރިކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތަށްވެސް ލުއިތަކެއް ދީފައެވެ. ކުރިން އޮތް އުސޫލަށް ފެބުރުވަރީ މަހު ގެނައި ބަދަލާއެކު، މާލޭ ސަރަހައްދުގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ފޯމު ހުށަހެޅޭނެއެވެ. އަދި ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން މާލެއަށް ބަދަލުވާންޖެހިފައިވާ ފަރާތްތަކުގެ ތެރެއިން، ވޭތުވެދިޔަ 1 އަހަރު ދުވަހު މާލޭ ސަރަހައްދުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ޖެނުއަރީ މަހު ހުޅުވާލާފައިވާއިރު، އެހެން ހުރިހާ ކެޓަގަރީތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްޞަ ކެޓަގަރީއަށް އިތުރުކޮށްދިން މުއްދަތާއެކު، އަންނަ މަހުގެ 15 އާ ހަމައަށް އެފަރާތްތަކަށް ފުރުޞަތު އޮންނާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ishan seefromthesky Fcopy8szaoM unsplash 1656475272927 zkg9nw

ޙައްލުނުވެހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން އޮފީސް ފޯރ ސިވިލް ރައިޓްސްއިން

Fahi flats

2028 ވަނަ އަހަރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް

776985181 1470305708464751 4024787492857494583 n

36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަނީ ހިންގަމުން

muthalib

ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ހެލްޕު ޑެސްކާއި ކޯލު ސެންޓަރެއް ޤާއިމްކޮށްފި