ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޕާޓްނާޝިޕް އާކޮށްފި

Io
STO_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް ޕާޓްނަރުގެ ގޮތުގައި އެ އެސޯސިއޭޝަނާ އެކު އޮތް އެއްބަސްވުން މިއަދު އާކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ދެމިއޮންނާނެއެވެ.

މި ޕާޓްނާޝިޕްގެ ދަށުން ބޭންކުން ވަނީ އަހަރީ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. މި މުބާރާތަކީ ރާއްޖޭގެ ޒުވާން ހުނަރުވެރި ސާފަރުން ހޯދައި، އެކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ 2022 ވަނަ އަހަރު ފެށި މި ޕާޓްނާޝިޕް އާކުރި ދެވަނަ ފަހަރެވެ.

ގައުމީ ފެންވަރުގެ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ޒުވާނުންގެ ހުނަރު ކުރިއެރުވުމަކީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ބީއެމްއެލް އިން އަންނަނީ ކުޅިވަރު ސްކޮލަޝިޕް ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ.

MMA_Ads
HajjCop_ads
Advertisement

މި ސްކޮލަޝިޕްގެ ދަށުން ގައުމީ ސާފަރު ސައްޔިދު ސަލާހުއްދީން ވަނީ އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދާފައެވެ. މިފަދަ ފުރުސަތުތަކުގެ ސަބަބުން ދިވެހި ސާފަރުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީ ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބޭންކުން ގަބޫލުކުރެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ކްރެޑިޓް ކާޑުތަކުން އިތުރު ޗާޖެއް ނުނަގަން: ބީއެމްއެލް

bml

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވަނީ

bml

ފިޗްގެ ވަޒަންކުރުމަކީ އެ ބޭންކުގެ މާކެޓް ލީޑަޝިޕާއި މާލީ ގޮތުން ދައްކަމުން އަންނަ ހަރުދަނާ ނަތީޖާ: ޝަރީފް

BML

ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ، ފައިސާ ނުދެއްކޭނަމަ ހައްލުކޮށްދޭނަން: ބީއެމްއެލް