ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓޭޓްފާމާއިން 19 ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފި

Io
Maldivian_Ads
STO_Ads
TTH_Ads
Advertisement

މާލޭގައި ހުންނަ ސްޓޭޓް ފާމަސިއުޓިކަލް އެންޑް މެޑިކަލް ސަޕްލައި (ސްޓޭޓްފާމާ) އިން 19 ފާމަސިސްޓުންނާއި އެސިސްޓެންޓް ފާމަސިސްޓުން ހޯދުމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ސްޓޭޓްފާމާއިން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން ހޯދަމުންދަނީ 19 މުވައްޒަފުންނެވެ. މި މުވައްޒަފުން މަސައްކަތް ކުރާނީ މާލޭގައި ހުންނަ އެ ކުންފުނީގެ ފާމަސީތަކުގައެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

HajjCop_ads
Advertisement

ޝަރުތުތަކާއި މުސާރަމި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފާމަސީ ދާއިރާއިން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސްޑް ޑިޕްލޮމާއެއް އޮންނަންވާނެއެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރުމުގެ 1 އަހަރާއި 4 އަހަރާ ދެމެދުގެ ތަޖުރިބާ ހުރުން ލާޒިމުވެއެވެ. މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 12,000 ރުފިޔާއާއި 15,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

ރާއްޖޭގައި ބޭސް ސަޕްލައި ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ ސްޓޭޓްފާމާ އުފައްދާފައެވެ. ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އުފެއްދި މި ކުންފުނިން، މި އަހަރުގެ ޖުލައި މަހަށްފަހު ފުރިހަމައަށް މަސައްކަތް ފެށޭނެ ކަމަށް ވަނީ ބުނެފައެވެ. މިހާރު މި ކުންފުނިން އަންނަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފުރަތަމަ ފާމަސީ ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Df531b76 206f 4ef9 9093 efff0c020bb3

ހުރިހާ ބޭސް ފިހާރައެއްގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމެއް ސްޓޭޓް ފާމާއިން ޤާއިމްކޮށްފި

ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު

ވެކްސިނާއި ޞިއްޙީ ސާމާނު ހޯދުން ހަރުދަނާކުރަން މަޝްވަރާކޮށްފި

State pharmer

ބޭސް ގަތުމަށް އިތުރު ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި