ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

4 ޑައިވަރުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ނަގައިފި

5 Diverun Gellun, MNDF Operation 16 May
TTH_Ads
STO_Ads
Advertisement

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިންގެ ތެރެއިން، ކޭވް އެއްގެ ތެރޭގައި ނިޔާވެފައި ތިއްބާ ފެނުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނަގައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތް އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ވެސް ކަނޑުއަޑިން ލޮކޭޓްކޮށްފައެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ވެސް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން ފޭބި ކޭވްގެ ތެރެއިންނެވެ. މި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ އައީ ފިންލެންޑަށް ނިސްބަތްވާ ތަޖުރިބާކާރު 3 ޑައިވަރުންނެވެ. އެމްއެންޑީއެފުން ބުނީ މި ޑައިވަރުންނަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ މިފަދަ ނުރައްކާތެރި އަދި އުނދަގޫ މިޝަންތަކުގައި އަމަލީގޮތުން މަސައްކަތްކޮށް، ބޮޑު ތަޖުރިބާއެއް ހޯދާފައިވާ ބައެއް ކަމަށެވެ.

HajjCop_ads
Advertisement

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ 5 މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓް ލިބުނީ މި މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. މައުލޫމާތު ލިބުމާއެކު ސިފައިން ވަނީ ކަނޑާއި ވައިގެ މަގުން އެމީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ސަފާރީއަކުން ޑައިވިނަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި 4 ޑައިވަރުންނެވެ. އޮޕަރޭޝަންގެ ކުރީކޮޅު އެންމެ ފުރަތަމަ ފެނުނީ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.

ބާކީ ތިބި 4 ޑައިވަރުން ހޯދުމަށް ފުން ކަނޑުގެ ސަރަހައްދުތަކުގައި ސިފައިން ކުރިއަށްގެންދިޔަ ނުރައްކާތެރި މަސައްކަތުގެ ތެރެއިން، މި މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ހިތްވަރުގަދަ ޑައިވަރެއްގެ ހާލު ދެރަވެ، ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. ސިފައިންގެ ޑައިވަރު ނިޔާވި ނަމަވެސް، ކޯސްޓްގާޑުން ވަނީ ހުއްޓުމެއްނެތި މަސައްކަތް ކުރިއަށްގެންގޮސް، ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ހުރިހާ ހަށިގަނޑެއް ކޭވް ތެރެއިން ހޯދާފައެވެ. އޭގެ ތެރެއިން މިހާރު 2 މީހެއްގެ ހަށިގަނޑު ވަނީ މައްޗަށް ނަގާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 20260720 001140 WhatsApp

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާންގަނޑު 10 ގަޑިއިރު ފަހުން ކޮންޓްރޯލްކޮށްފި

Igmh

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

Io

ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

Igmh

ޖާޔާކުޝަން ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ