ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފި

Main 20260518
TTH_Ads
STO_Ads
Advertisement

ޅ. މާފިލާފުށިން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް، އޭގައި ތިބި މީހުން ކަނޑަށް ބާލަން ޖެހިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި ލޯންޗަކަށެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފެށީ ހުޅުމާލެއާ ހިސާބުންނެވެ. ލޯންޗު އަޑިއަށް ދާން ފެށުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭގައި ތިބި ހުރިހާ ކުދިން ވަނީ ކަނޑަށް ބާލާފައެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑަށް ބޭލި ކުދިން އެހެން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ކުރަމުންދާ ކަމަށެވެ.

HajjCop_ads
Advertisement

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ކޯސްޓްގާޑުން ދަނީ މި ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދައިފި

441672 3 6276be7120af88a353ae0b5987c1fbeaac753612

ފިންލެންޑުގެ ޑައިވަރުން ހޮހޮޅަތެރެއަށް ދިއުމަށް ނިންމާނީ ތަޖުރިބާ ޑައިވްތަކަށްފަހު: ތަރުޖަމާނު

Big ZzTNEqk4YjOQ2LjqLzvy7bIYQ

މަރުޙޫމް މަހުދީގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

kulli khabaru

ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހަކު މަރުވެއްޖެ