ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރާގުން ބުނަނީ، ސައުދީއަށް އަމާޒުވި ޑްރޯންތައް އުދުއްސާލީ އީރާގުތެރެއިން ނޫންކަމަށް، ތަހްގީގު ފަށައިފި

އިރާގް ސަރުކާރުގެ ޚާރިޖިއްޔާ:
STO_Ads
TTH_Ads
Advertisement

އީރާގުގެ ތެރެއިން ސައުދީ އަރަބިއްޔާއަށް ޑްރޯން ހަމަލާތަކެއް ދިން މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް އިރާގު ސަރުކާރުން ބުނެފިއެވެ.

އިރާގު ޚާރިޖިއްޔާއިން ބުނެފައިވަނީ، އިރާގު ތެރެއިން ސައުދީއަށް ފޮނުވާލި ޑްރޯންތައް އުދުއްސާލީ އިރާގުގެ ވައިގެ ސަރަހައްދުންކަމެއް އެއަރ ޑިފެންސް ސިސްޓަމްތަކަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.

ނަމަވެސް، ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ ޑްރޯންތައް އައީ އިރާގު ތެރެއިން ކަމަށެވެ.

HajjCop_ads
Advertisement

އީރާގު ޚަރިޖިއްޔާއިން ސައުދީ އަރަބިއްޔާގެ ކިބައިން އެދިފައިވަނީ، ދެގައުމުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި މި ހާދިސާގެ ތަހްގީގަށް މައުލޫމާތު ހިއްސާކޮށް އެއްބާރުލުން ދިނުމަށެވެ.

އެކުވެރި ގައުމުތަކަށް އަމާޒުކޮށް މިފަދަ އުދުވާނުތައް ހިންގުމަކީ އިރާގު ވަރަށް ބޮޑަށް ދެކޮޅު ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ޑިފެންސުން ބުނެފައިވަނީ، އީރާގު ތެރެއިން ތިން ޑްރޯންއެއް ސައުދީ ފޮނުވާލީ އިއްޔެ ހެނދުނު ކަމަށެވެ. އެ ތިން ޑްރޯންވެސް ސައުދީ އެއަރ ޑިފެންސުން ހަމަލާދީ ވައްޓާލި ކަމަށް ބުނެފައި ވެއެވެ.

މިކަމުގެ ތެރޭގައި ސައުދީ މީހަކަށް އަދި ތަނަކަށްވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ބުނެފައި ވެއެވެ.

ހަމަ އެއާއެކު، މި ހަމަލާގެ ރައްދު ދިނުމުގެ ފުރިހަމަ ހައްގު ސައުދީ އަރަބިއްޔާއަށް ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ތެރެއަށް އައި ތިން ޑްރޯން އުދުއްސާލީ އިރާގު ތެރެއިން ކަމަށް ސައުދީ ބުނާއިރު، އިރާގް ސަރުކާރުންވަނީ އެކަން ދޮގުކޮށްފައެވެ.

ޑްރޯންތައް ފޮނުވާލުމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، މިއީ އީރާނުގެ އަމަލަކަށް ވެދާނޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކައެވެ.

ހަމަ އެއައެކު، އިރާގުގެ އުތުރު ހަނަފަސް ސަހަރާތެރޭގައި އިސްރާއީލުން ސިއްރު އަސްކަރީ ބޭހެއް ހަދައިގެން އުޅޭކަން ފަޅާއެރުމާއި، އަވަށްޓެރި ގައުމުތަކަށް އިރާގް ތެރެއިން ގޮތްނޭނގޭ ހަމަލާތައް ދިނުމާވެސް ގުޅުވައި އެކި ފަރާތްތަކުން ވާހަކަ ދައްކަމުން އެބަ ގެންދެއެވެ.

އިރާގުގެ ވެރިރަށް ބަޣުދަދާއި، އިރާގުގެ އުތުރުގައިވެސް އެމެރިކާގެ އަސްކަރީ ބޭސްތައް ހުރެއެވެ. އިސްރާއީލުން ސިއްރު ބޭހެއް ހަދައިގެން އުޅުނީ އިރާގު ސަރުކާރަށްވެސް ނޭނގިއެވެ.

ހަނގުރާމައިގެ ތެރޭގައާއި، އަދި އޭގެފަހުންވެސް ގަލްފްގެ ބައެއް ގައުމުތަކަށް ގޮތްނޭނގޭ ހަމަލާތައް ދެމުންދިއުމާއި، އެފަދަ ހަމަލާތައް ނުދޭކަމަށް އީރާނުން ބުނަމުންދިއުމުން، މިއީ މަސްރަހް ގޯސްކުރަން ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް ބެލެވިފައި ވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ހުރަސްކުރުމަށް އެއްވެސް ހުރަހެއް ނެތް، ނުރައްކާއޮތީ އެމެރިކާގެ ފަރާތުން: އީރާނު ޚާރިޖީ ވަޒީރު

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

އީރާނުގެ ޖަވާބު މިއަދު ދޭނެ، ބުނަނީ ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިވެގެން ކަމަށް