ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސާ ލަތީފާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާ ކޮށްފި

43
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫހުގެ މައި ކުންފުނި ކަމަށްވާ ނެކްސްޓް މީޑިއާ ގްރޫޕާ ދެކޮޅަށް އަބުރުގެ ދައުވާއެއް ހުށަހަޅައިފިއެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި މިހާރު ވެރިކަން ކުރާ ޕީއެންސީ ތަމްސީލުކުރައްވާ މެންބަރު އަޒާން، މި ދައުވާ ހުށަހަޅުއްވާފައިވަނީ 28 އޭޕްރީލް ގައެވެ.

މި ދައުވާއަކީ އަދަދު ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކުރި މައްސަލައަކާ ގުޅުވައިގެން، ‘އަޒާންގެ ތަޖުރިބާ’ މި ސުރުހީގެ ދަށުން ދައުރު ނޫހުގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން ހުށަހެޅި ދައުވާއެކެވެ. އަޒާން ވިދާޅުވާ ގޮތުގައި އެ ލިޔުމުގެ ސުރުހީ އާއި އޭގައި ހުރި ވާހަކަތަކުގެ ސަބަބުން އޭނާގެ އަބުރަށް ވަނީ އުނިކަން ލިބިފައެވެ.

HajjCop_ads
Advertisement

އަޒާން ކޯޓުގައި އެދިވަޑައިގެންފައިވަނީ އޭނާގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ލިޔުން ޑިލީޓް ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ. މީގެ އިތުރުން، އަބުރުގެ ބަދަލުގެ ގޮތުގައި 5,000 ރުފިޔާ އާއި، ގާނޫނީ ފީ އާއި ރަޖިސްޓްރޭޝަން ހަރަދުގެ ގޮތުގައި 28,670 ރުފިޔާ ހޯދުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ބަލައި ނިމެންދެން، އެ ލިޔުން އާންމުންނަށް ނުފެންނަ ގޮތަށް ޑްރާފްޓް މޯޑަށް ބަދަލުކުރުމުގެ އަމުރަކަށް ވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު ސިވިލް އާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ: ޖޭއެސްސީގެ ރައީސް

justice building

އޮޅުވާލައިގެން ދައުލަތުން 168 މިލިއަން ހޯދަން ކުރި ދައުވާ ނާކާމިޔާބު ވެއްޖެ

Ew

ތިލަފުށިން ހެވީލޯޑަށް ދޫކުރި ބިން އެޗްޑީސީއާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި

Io

ފެނަކައިން ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ހަދަން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި