ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫސްވެރިންގެ ބައްދަލުވުންތަކުން “އަދަދު” ނޫސް ސަސްޕެންޑްކޮށްފި

raees Office
TTH_Ads
STO_Ads
Advertisement

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހުއްދަ “އަދަދު” ނޫހަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

“އަދަދު” ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކުރިމިނަލް ކޯޓުން އިއްޔެ ވަނީ “ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު” ނެރެފައެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.

ރައީސް އޮފީހުން މިރޭ ބުނީ “އަދަދު” ނޫސް ސަސްޕެންޑްކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، “އަދަދު” ނޫހުގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާން، ކުރިމިނަލް ކޯޓުގެ އެ އަމުރާ ހިލާފުވެފައިވާތީ ކަމަށެވެ. “އަދަދު” ނޫހަށް އެ ފިޔަވަޅު އަޅާފައިވަނީ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުންކަމަށް ރައީސް އޮފީހުން ބުންޏެވެ.

HajjCop_ads
Advertisement

“އަދަދު” ނޫހުގެ ޑޮކިއުމެންޓްރީގެ މައްސަލަ ކޯޓުގައި ހިނގަމުންދާކަން ފުލުހުންގެ ފަރާތުން ރައީސް އޮފީސްއާ ހިއްސާކޮށްފައިވާއިރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުންވެސް “އަދަދު” ނޫހުގެ މައްސަލައެއް ބަލަމުންދާކަން ރައީސް އޮފީހަށް އަންގާފައިވާ ކަމަށެވެ.

“މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، އެ ގާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ އަސާސްތައް ހިމެނޭ ސުލޫކީ މިންގަނޑާއި، އަދި އެ ގާނޫނުގެ 44 ވަނަ މާއްދާއިން މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިއާޔަތްކޮށް، ‘ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު’ ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ބުނެވިދިޔަ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އުސޫލުގެ ފަސް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ދޫނުކުރުމަށް ނިންމައިފައިވާކަމުގައި ދަންނަވަމެވެ” ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރެއްވި ސުވާލުތަކާ ގުޅިގެން ކޯޓު އަމުރާ ހިލާފުވިކަމަށް ބުނެ އޭނާ މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެ ކޯޓުން “ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު” ނެރެފައިވަނިކޮށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަަމަށް ބެލެވޭ ކަމަށެވެ.

ޝަހުޒާންގެ އެކަންތައްތައް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވަނީ ޕީޖީ އޮފީހުގެ ފަރާތުންކަމަށް ޗިޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންވެ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި، ކޯޓަށް ހާޒިރުކުރާ ކަމަށެވެ. ޝަހުޒާން ކޯޓަށް ހާޒިރުވާން ޖެހޭނީ މާދަމާ މެންދުރު 13:00 އަށެވެ.

ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ ހަބަރު ގެނެސްދިން ގޮތުގެ ސަބަބުން “އަދަދު” ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުވެސް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

މި ޑޮކިއުމެންޓްރީ މައްސަލައިގައި “އަދަދު” ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލާފައެވެ. މީގެކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ މީހުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޯޓު އަމުރުތަކަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އިސްލާމްދީނާއި ގާނޫނުއަސާސީގެ އިންތަކުން ބޭރުނުވެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކުރުމުން ޝަހުޒާން ވަނީ އެ ބައްދަލުވުމުން ނެރެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

H6txovzbmjojwefnjhdb

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީ

459309 0bfc2a5c e

އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

459258 24c84779 5

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ކަމަށް ޝިޔާމް އައްޔަންކުރައްވައިފި