ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިފައިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: ރައީސް

raees Muizzu
TTH_Ads
STO_Ads
Advertisement

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ސިފައިންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވައި، ވަޒީފާގެ ކުރިއެރުމާއި ލާބައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައިވަނީ ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށެވެ. އެހެންކަމުން، ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަންވާނީ ދިވެހި ސިފައިންނަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގެން، ޤައުމުގެ ސިޔާދަތީ ރަތް ރޮނގު ހިމާޔަތްކުރުމުގައި ސިފައިން ކުރައްވާ ބުރަ މަސައްކަތަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ.

ސިފައިންގެ ވެލްފެއަރއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، އެއް ރޭންކެއްގައި ވަކި މުއްދަތެއްވުމުން ލިމިޓޭޝަން ހަމަވެގެން ވަޒީފާއިން ވަކިވާންޖެހޭގޮތަށް އޮންނަ އުސޫލު ބަދަލުކޮށް، ތެދުވެރިކަމާއެކު ޚިދުމަތްކުރާ ސިފައިންނަށް ޚިދުމަތުގައި ދެމިތިބެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮންމެ ސިފައިންގެ މީހަކަށްވެސް އެމީހެއްގެ އާއިލާ ދިރިއުޅޭ ސަރަޙައްދެއް ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްފައިވާ ފަރާތްތަކަށް މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލް އަދި ފިޓަސްޓް ސޯލްޖަރާއި ފިޓަސްޓް ޔުނިޓަށް ދެވޭ އެވޯޑުތައް ހިމެނެއެވެ. ހަމައެއާއެކު، ސިފައިންގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ބ. ކިހާދޫގައި ޤާއިމުކުރި “ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް” އެމަނިކުފާނު ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގަތެވެ. ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ދިފާޢީ ވަޒީރު އެމްއެންޑީއެފް ސަދަން އޭރިއާގެ ގަން އެއާ ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލައްވައިފި

Sstv FORM FOR EC

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް 137 ދަރިވަރުން ފުރިހަމަކޮށްފި

72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ޢީދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީކަންކަން ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި