އެމެރިކާ ސަރަހައްދުގެ ކްރޫޒް ލައިނާއަކުން ފެނުނު ހަންޓާ ވައިރަސްގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުންފިއެވެ.

އެޗްޕީއޭއިން ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުން އަންނަ ކްރޫޒް ލައިނަރއަކުން ހަންޓާ ވައިރަސް ފެނުމާއެކު ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އެ އެޖެންސީން މޮނިޓަރ ކުރަމުންދާ ކަމަށެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހެއް (ކޮންޓެކްޓެއް)ވެސް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ރާއްޖެއަށް މި ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ، ބައްޔާގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކުން އެ އެޖެންސީން އާންމުންނާ ހިއްސާ ކުރައްވަމުންދާނެ ކަމަށެވެ.

ހަންޓާ ވައިރަސް އާއި ގުޅޭ:

🔸 ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، WHO މެދުވެރިކޮށް މި އެޖެންސީން ދަނީ މިކަން މޮނިޓަރކުރަމުން.
🔸 މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި …

 

އިޝްތިހާރު އިޝްތިހާރު

ހަންޓާ ވައިރަހަކީ، މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުގެ ޒަރީއާއިން ފެތުރޭ ވައިރަހުގެ ބާވަތެކެވެ. އިންސާނުންގެ މެދުގައި މި ވައިރަސް ފެތުރެނީ، މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ކުޅާއި ނުވަތަ ނަޖިހުގައި އަތްލެވިގެންނެވެ. މީގެ އިތުރުން، ވައި ނުވަންނަ ބަންދު ތަންތަނުގައި ހުންނަ މީދަލުގެ ނަޖިހުގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމަކީ ވެސް ބަލިޖެހޭ މައިގަނޑު ސަބަބެކެވެ.

ކޯވިޑް-19އާ ޚިލާފަށް، ހަންޓާ ވައިރަހަކީ ގައިން ގަޔަށް ފެތުރޭ އާންމު ވައިރަހެއް ނޫނެވެ. މި ވައިރަސް ފެނުނު ފަހުން މިހާތަނަށް 5 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.