މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން އއ. ތޮއްޑޫގައި އޭޓީއެމް ޚިދުމަތެއް ދޭން ފަށައިފިއެވެ. ތޮއްޑޫގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ.
އެމްއައިބީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ބޭންކުގެ ވިއުގަ ފުޅާކުރަމުންނެވެ. އެގޮތުން އަލަށް ތޮއްޑޫގައި ޤާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ތޮއްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.
އެމްއައިބީއިން ވިދާޅުވި ގޮތުގައި މި އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިންގ ފަސޭހަކުރުމާއި ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ. އެ ބޭންކުން ގެންދަނީ މާލީ ޚިދުމަތް ފޯރުކޮށްދިނުން ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިންގ ނެޓްވޯކް ފުޅާކުރަމުންންކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބުންޏެވެ.






ކިޔުންތެރިންގެ ހިޔާލު