ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

H6txovzbmjojwefnjhdb
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވާ ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުންދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައްވައިފިއެވެ.

ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވާ ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ރަސްމީކޮށް ހުޅުވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ސަރުކާރުގެ އޮފީސްތަކަށާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށާއި، ޝަރުޠު ހަމަވާ މުއައްސަސާތަކުން ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ފަރާތްތަކުގެ ނަން ހުށަހެޅުމަށެވެ.

މި ޝަރަފުވެރި ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ އުޞޫލާއި ޝަރުޠުތައް މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ސީދާ ދެއްވާ މި އިނާމަށް ކަނޑައެޅިފައިވާ ރަސްމީ ޝަރުޠުތައް މި އުޞޫލުގައި ބަޔާންކުރައްވާފައިވެއެވެ.

HajjCop_ads
Advertisement

ރަސްމީ އިޢުލާނުގައި ބަޔާންކުރައްވާފައިވާ ގޮތުން، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވާ ޝަރަފުވެރިކަމުގެ އިނާމު ދެއްވަނީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަން ސާބިތުކޮށްދެއްވާފައިވާ ފަރާތްތަކަށެވެ.

މި އިނާމު ޙާޞިލުކުރައްވާ ފަރާތްތަކަށް އަރުވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. މި ތަކެތި ހަވާލުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ދިވެހިރާއްޖޭގައި ދައުލަތުގެ މުވައްޒަފުންނަށް ދެއްވާ އެންމެ މަތީ އެއް ޝަރަފެވެ.

މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ސަރުކާރުގެ އޮފީހަކަށް، ދައުލަތުގެ ވިޔަފާރި ކުންފުންޏަކަށް، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް، ނުވަތަ އަމިއްލަ ފަރުދުންނަށްވެސް އޮންނާނެއެވެ. އެހެންނަމަވެސް، ނަން ހުށަހަޅާ ފަރާތަކީ އެ ނަން ހުށަހަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ކުރިން ޚިދުމަތްކުރައްވާފައިވާ ނުވަތަ މިހާރުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާންޖެހޭނެއެވެ. މިކަމުގެ ބޭނުމަކީ ނަން ހުށަހެޅޭ ފަރާތްތަކަކީ އެ މުއައްސަސާއެއްގެ މަސައްކަތް ރަނގަޅަށް އެނގޭ އަދި އެކަމަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމެވެ.

މި އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ކަނޑައަޅުއްވާފައެވެ. ފޯމުތައް ބަލައިގަންނަން ފަށާނީ މިއަދުން ފެށިގެންނެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖޫން މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމުތައް ފުރިހަމަކުރައްވާއިރު ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ބޭނުންވާ ހުރިހާ މަޢުލޫމާތެއް ޞައްޙަކަމާއެކު ހުށަހެޅުއްވުމާއެކު، ގުޅޭ އެންމެހައި ލިޔެކިޔުންތައް ހުށަހެޅުއްވުމަށް ކޮމިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަރީޝް ރައީސް އޮފީހުގެ އަަންޑާ ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވައިފި

Mira

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

raees Office

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

raees Office

ނޫސްވެރިންގެ ބައްދަލުވުންތަކުން “އަދަދު” ނޫސް ސަސްޕެންޑްކޮށްފި