ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް:
STO_Ads
TTH_Ads
Advertisement

“ޕްރޮޖެކްޓް ފްރީޑަމް” ގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވާން ފެށުމުން، ހޮރްމޫޒްގައި އެމެރިކާއިން ހިންގަން ފެށިކަމަށް ބުނާ އޮޕަރޭޝަން ވަގުތީގޮތުން މަޑުޖައްސާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަޖުބޫރު ވެއްޖެއެވެ.

ހޮރްމޫޒު ކަނޑުއޮޅީގެ ދެކުނުގައި ތާށިވެފައިވާ ދެހާހަށްވުރެ ގިނަ އުޅަނދުފަހަރު އެމެރިކާ ސިފައިންގެ ހިމާޔަތުގައި ހޮރްމޫޒު ހުރަސްކުރެވޭގޮތް ހެދުމަށް އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެމެރިކާގެ 15،000 ސިފައިންނާއި، މިސައިލް ހަމަލާދޭ އަސްކަރީ އެތައް މަނަވަރަކާއި، ހަނގުރާމަތީ މަތިންދާ ބޯޓު އުފުލާ މަންވަރުތައްވެސް ފޮނުވައިގެން  ފެށި އޮޕަރޭޝަނާ އީރާނުން ކުރިމަތިލީ ވަރަށް ވަރުގަދަ ކަމާއެކުގައެވެ.

އީރާނުން ވަނީ އެމެރިކާ ސިފައިންގެ އަސްކަރީ އުޅަނދުތަކަށާއި، އަދި އީރާނުގެ އެންގުމާ ޚިލާފަށް ހޮރްމޫޒު ހުރަސްކުރަން އުޅުނު އުޅަނދުފަހަރަށްވެސް ހަމަލާދީފައެވެ.

HajjCop_ads
Advertisement

އޮޕަރޭޝަން ފެށިތާ 48 ގަޑިއިރުވެސް ނުވަނީސް، އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނީ، އެމެރިކާ ސިފައިންގެ އޮޕަރޭޝަން މަޑުޖައްސާލަނީ ޕާކިސްތާނާއި އެހެން ގައުމުތަކުގެ އެދުމުގެމަތިން ކަމަށެވެ.

އޮޕަރޭޝަން މަޑުޖައްސާލީ އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތައް ލިބެމުންދާތީ ކަމަށާއި، ސިފައިންގެ މަސައްކަތް މަޑުޖައްސާލީ ފައިނަލް އެއްބަސްވުމެއް ހެދޭތޯ ބެލުމަށް ވަގުތީގޮތުން ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން ފެށި “ޕްރޮޖެކްޓް ފްރީޑަމް” މަޑުޖައްސާލީ، އެ އޮޕަރޭޝަންގެ އަދާހަމަ ހިއްސާކުރުމަށް ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.

އެމެރިކާ ސިފައިން ފެށި މަސައްކަތުން އެއްވެސް އުޅަނދަކަށް ހޮރްމޫޒު ހުރަސްކުރެވިފައެއް ނުވެއެވެ.

އޭގެ ބަދަލުގައި ފެނިގެންދިޔައީ އެމެރިކާ ސިފައިންނާއި އީރާނާ ދެމެދު  ކުރިމަތިލުންތައް ހިނގައި، ހޮރްމޫޒު ހުރަސްކުރަން އުޅުނު އުޅަނދުފަހަރަށް ހަމަލާދެވި، ދުނިޔޭގެ ބާޒާރާއި އަދި އެމެރިކާގައިވެސް ތެލުގެ އަގުތައްވެސް އިންތިހާއަށް މައްޗަށް އަރައިގެން ދިޔަތަނެވެ.

“ޕްރޮޖެކްޓް ފްރީޑަމް” މަޑުޖައްސާލި ނަމަވެސް، އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އަދި އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ އުޅަނދުފަހަރަށް ހުރަސްއެޅުމަށް އެމެރިކާ ސިފައިން ކުރަމުންދާ މަސައްކަތް ނުވަތަ ބްލޮކޭޑް ސިފައިން ދަމަހައްޓާނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

Avid_ads
MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތުގައި ބައިވެރިނުވާނަން: ފްރާންސްގެ ރައީސް

ގަދަބާރުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުގެ އޮޕަރޭޝަނެއް މިއަދު ފަށަން އެމެރިކާ ސިފައިން ތައްޔާރުވެއްޖެ

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް

އީރާނު ޕާލަމެންޓް ރައީސްގެ މަލާމާތް ޓްރަމްޕަށް: ބްލޮކޭޑްގެ ސަބަބުން އަގުބޮޑުވަނީ ތެޔޮ، އީރާނަކަށް ގެއްލުމެއްނުވޭ