ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއައިބީއަށް 113 މިލިޔަން ރުފިޔާގެ ފައިދާއެއް

MIB
STO_Ads
TTH_Ads

އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީއަށް 113.5 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރއާ އަޅާބަލާއިރު 18.12 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

އެމްއައިބީން ޝާޢިއު ކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކުގެ އެސެޓް ވަނީ، ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 11.11 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއައިބީގެ ޖުމްލަ އެސެޓް ވެލިއު ވަނީ، 18.50 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މި އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުރީ، 16.65 ބިލިޔަން ރުފިޔާގައެވެ.

HajjCop_ads

ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 163 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 47 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑިޕޮސިޓްގެ ގޮތުގައި ޖުމްލަ 15.40 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ %12.89 ގެ ކުރިއެރުމެކެވެ.

އެމްއައިބީން ވިދާޅުވީ، ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވުމަކީ ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ކަސްޓަމަރުންގެ އިތުބާރު ލިބޭނެ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ކުއާޓަރުގައި ލިބުނު މާލީ ކުރިއެރުމަކީ އެމްއައިބީން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ދައްކުވައިދޭ ކަމެއް ކަމަށްވެސް އެބޭންކުން ވިދާޅުވެއެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލީ ކުރިއެރުމުގެ އިތުރުން، އެމްއައިބީން ވަނީ މުޖުތަމައުއަށް ފައިދާކުރަނިވި އެކި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ސްޓެމް ހަބް ޕްރޮޖެކްޓާއި، އަލްލައިލް އެކަޑަމީ ޤުރުއާން މުބާރާތުގެ އިތުރުން މުރަކަ އާލާކުރުމުގެ ޕްރޮގްރާމް ހިމެނޭ ކަމަށްވެސް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއައިބީން މާލޭގައި އިތުރު އޭޓީއެމްއެއް ހުޅުވައިފި

ގެސްޓްހައުސްތަކުގެ އަގުވަޒަންކުރުމަށް އެމްއައިބީން ޚާއްޞަ އެވޯޑެއް ތައާރަފުކޮށްފި

ޑީއެންއާރުން ބަލަހައްޓާ މަޢުލޫމާތު އެމްއައިބީއާއި ޙިއްޞާ ކުރަން އެއްބަސްވުމަކަށް

އެމް.ޕީ.އެލް އިން ފުވައްމުލަކު ވިޔަފާރިވެރިންނަށް އަމާޒުކޮށް ޙައްސަ ބިޒްނަސް ފޯރަމެއް ބާއްވައިފި