ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތުގައި ބައިވެރިނުވާނަން: ފްރާންސްގެ ރައީސް

ފަރަންސޭސި ރައީސް އިމެނުއެލް މެކްރޮން
TTH_Ads
STO_Ads
Advertisement

“ޕްރޮޖެކްޓް ފްރީޑަމް” ގެ ނަމުގައި އެމެރިކާ ސިފައިން ހޮރްމޫޒުގައި ހިންގާ އޮޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނޭ ކަމަށް ފަރަންސޭސި ރައީސް އިމެނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

އަރްމީނިއާގައި މިހާރު ކުރިއަށްދާ ޔޫރަޕްގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ފަރަންސޭސި ރައީސް ވިދާޅުވީ، އެމެރިކާއިން ހޮރްމޫޒުގައި ހިންގާ އޮޕަރޭޝަންގެ އޮނިގަނޑު ސާފު ނުވާ ކަމަށާއި، އެހެންވެ، ހޮރްމޫޒުގައި ހިންގާ އަސްކަރީ އެއްވެސް އޮޕަރޭޝަނެއްގައި ފަރަންސޭސި ސިފައިން ބައިވެރި ނުވާނޭ ކަމަށެވެ. ހޮރްމޫޒު މައްސަލަ ހައްލުކުރެވޭނީ އީރާނާއި އެމެރިކާ ގުޅިގެން ކުރާ މަސައްކަތަކުން ކަމަށްވެސް މެކްރޮން ވިދާޅުވިއެވެ.

ހޮރްމޫޒު ކަނޑުއޮޅީގައި ދެކުނުގައި ތާށިވެފައިވާ ދެހާހަށްވުރެ ގިނަ އުޅަނދުފަހަރު އެމެރިކާ ސިފައިންގެ ހިމާޔަތުގައި ހޮރްމޫޒު ހުރަސްކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިއަދު  ވަނީ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި އެމެރިކާގެ 15،000 ސިފައިންނާއި، މިސައިލް ހަމަލާދޭ އަސްކަރީ އެތައް މަނަވަރަކާއި، ހަނގުރާމަތީ މަތިންދާ ބޯޓު އުފުލާ މަންވަރުތައްވެސް ބައިވެރިވެއެވެ.

HajjCop_ads
Advertisement

އެމެރިކާއިން އެންމެ ފުރަތަމަ ރިޕޯޓްކުރި ގޮތުން ހީވީ، އެމެރިކާ ސިފައިންގެ މަނަވަރުތައް ވަށައިގެން އެތުރި ތިބެ ހިމާޔަތް ދީގެން އުޅަނދުފަހަރު ހޮރްމޫޒު ހުރަސްކުރަން އެހީތެރިވަނީ ކަމަށެވެ.

ނަމަވެސް، އެމެރިކާގެ މީޑިއާއިން މިހާރު ދަނީ އެކަން ކުރަނީ އެހެން ގޮތަކަށް ކަމަށް ބުނެ ރިޕޯޓް ކުރަމުންނެވެ.

އެމެރިކާގެ މީޑިއާ ވަސީލަތްތަކުން ބުނަނީ، އެމެރިކާގެ މަންވަރުތައް ތިބޭނީ ދުރުގައި ކަމަށާއި، މަނަވަރުތައް އުޅަނދުތަކަށް އެހީތެރިވާން އަންނާނީ އީރާނު ކަނޑުގެ ސިފައިންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވެއްޖެނަމަ ކަމަށެވެ.

އީރާނުގެ ސިޔާސީ ވެރިންނާއި އަދި އަސްކަރީ ވެރިން ވިދާޅުވަމުން ގެންދަވަނީ، އެމެރިކާއިން ހޮރްމޫޒުގެ ކަންކަމާ ބެހުމަކީ ސީދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފް އަމަލެއް ކަމަށެވެ. އެހެންކަމުން، އީރާނުން އަންގާފައިވާ އެއްގުންތަކާ ޚިލާފްވާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރުވެސް ދެއްވަމުން އެބަ ގެންދަވައެވެ.

ހޮރްމޫޒުގައި އެމެރިކާ ސިފައިން މިއަދު ފެށި ކަމަށްބުނާ އޮޕަރޭޝަންގައި އެހެން ގައުމަކުން ބައިވެރިވާކަމެއް ސާފެއް ނުވެއެވެ. ހޮރްމޫޒު ހުޅުވުމުގެ ނަމުގައި ޓްރަމްޕް ކުރިން ހިންގަން އުޅުނު އަސްކަރީ ހަރަކާތުގައިވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ބައިވެރިއެއް ނުވިއެވެ. އެކަމާހެދި އެމެރިކާއާ އަސްކަރީގޮތުން ގާތް ގުޅުންތައް އޮތް އެތައް ގައުމެއް ދެކެ ރުޅިއައިސް، އެމެރިކާ ސިފައިން އެގައުމުތަކުން ބޭލުމުގެ މަސައްކަތް ޓްރަމްޕް މިހާރުވަނީ ފަށާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ