ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމުގެ މުއްދަތު 14 މޭ އަށް އިތުރުކޮށްފި

TTH_Ads
STO_Ads

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމުގެ މުއްދަތު އެ ޔުނިވަރސިޓީން މިއަދު އިތުރުކޮށްފި އެވެ.

އެމްއެންޔޫ އިން ބުނީ، ވަޒީފާގެ ބާޒާރުގައި ބައިވެރިވުމަށް 14 މޭ ވާ ބުރާސްފަތި ދުވަހުގެރޭ 23:00 ގެ ކުރިން ފޯމް ހުށައަޅަން ޖެހޭނެކަމަށެވެ.

ވަޒީފާގެ ބާޒާރު (ޖޮބް ފެސްޓިވަލް) ބާއްވާނީ އަންނަ ޖޫން މަހުގެ 3 އިން 5 އަށެވެ. ވަޒީފާގެ ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ދެ ދުވަހުގެ ހަވީރު، 16:00 އިން 10:00 އަށް ކަމަށް އެމްއެންޔޫ އިން ބުނެފައިވެ އެވެ.

HajjCop_ads

ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައި ވެސް މި ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހިރާއްޖޭގެ އެކިކަންކޮޅު ތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ މަގު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމަކީ މި ޖޮބް ފެސްޓިވަލްގެ މައިގަޑު މަގްޞަދެވެ. މީގެ އިތުރުން އާންމުންނާއި ހިސާބަށް ފޯރުކޮށް ނުދެވިހުރި އެކި ކަހަލަ ފުރުޞަތުތަކުގެ ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމަކީވެސް މި ފެސްޓިވަލުގެ ބޭނުމެކެވެ.

މި ފެސްޓިވަލްއިން ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި، މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރި ކުރުވުމާއި އެ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދުމަށް ބާރުއެޅުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދޭނެ ކަމަށް އެމްއެންޔޫއިން ގަބޫލު ކުރެ އެވެ.

މިދިޔަ އަހަރު ބޭއްވި އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 49 ފަރާތަކުން ބައިވެރި ވެފައިވެ އެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 2026 04 29 16 29

ޤައުމީ ޔުނިވާސިޓީން އަންނަނީ އިލްމީ އައު އުސްމިންތަކަށް ވާސިލުވަމުން: ޑރ. ޝަހީމް

އެމްއެންޔޫގެ ދަނާލުގައި ޒުވާނަކު މަރުވި މައްސަލައެއް ބަލަނީ

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭސީސީއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް