ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ އިންތިޚާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބާއްވަނީ

Igmh
TTH_Ads
STO_Ads
Advertisement

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމީ ވީހާވެސް ގިނަ ބަޔަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ކަމަށް ކައުންސިލުން ބުންޏެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތަށް ދައުލަތުގެ އިސްވެރިންނާއި، ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން، ކައުންސިލަރުން ހުވާކުރުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ. އެލްޖީއޭ އިން ވަނީ އާ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބާއްވަންޖެހޭ ގޮތުގެ ތަފްސީލީ އުސޫލުތައް ކައުންސިލްތަކާ ހިއްސާކޮށްފައެވެ.

އެލްޖީއޭގެ އިރުޝާދުގައިވާ ގޮތުން، ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ރަށެއްގައި އާންމުކޮށް އިއުލާން ކުރަންޖެހޭނެއެވެ. އަދި ރަސްމިއްޔާތު އޮންނަ ވަގުތަށް ފަނޑިޔާރަކަށް ހާޒިރުނުވެވޭ ހާލަތްތަކުގައި، އޮންލައިންކޮށް ހުވާލައިދިނުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބާއްވާނެ ސީދާ ވަގުތުތައް މި ހަފުތާގެ ތެރޭގައި ފައިނަލްކޮށް، ހުރިހާ ކައުންސިލްތަކަށް އަންގާނެ ކަމަށް އެލްޖީއޭ އިން ވަނީ ހާމަކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މާލޭގެ އުސް އިމާރާތްތަކުގެ ފެނުގެ ޕްރެޝަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފި

88887

މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލްތަކަށް ހިލޭ ޖާގަ ދޭން ނިންމައިފި

Io

މާލޭގައި އަލަތު ކައިވެނީގެ ވަލީމާއަށް ހިލޭ ޖާގަ ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި

Igmh

ވިލިމާލެއިން 37.7 ޓަނުގެ ކުނި ނަގައި، ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި