ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

އެކި ނަން ނަމުގައި “ލައިންތައް” ދަމައި އިސްތިއުމާރީ ދައުލަތުން ގެންދަނީ ޣައްޒާގެ އާންމުން ގެދޮރުން ނެރެ ބޭރުކުރަމުން:
STO_Ads
TTH_Ads
Advertisement

“އޮރެންޖް ލައިން” އިތުރަށް ފުޅާކޮށް ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ޒަޔަނިސްޓު ދައުލަތުން އިސްތިއުމާރު ކޮށްފިއެވެ.

ހަމާސްއާއި އިސްރާއީލާ ދެމެދު ހަމަލާތައް ހުއްޓާލަން މިދިޔަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ގޮތަކަށް ނޫޅެވޭ ގޮތަށް ޣައްޒާގެ އުތުރުގައި ގާއިމްކުރީ “ޔެލޯ ލައިން” އެކެވެ.

ނަމަވެސް، މިއަހަރު ފެށުނުއިރު އިސްތިއުމާރީ ސިފައިން ވަނީ “އޮރެންޖް ލައިން” އެއް ތައާރަފްކޮށް ޣައްޒާގެ ބިމުގެ ބޮޑު ސަރަހައްދެއް އިސްތިއުމާރުކޮށް، ޣައްޒާގެ ރައްޔިތުންގެ ހަރަކާތްތައް އިތުރަށް ކޮންޓްރޯލް ކޮށްފައެވެ.

HajjCop_ads
Advertisement

އަނެއްކާ މިވަނީ އެމީހުން ދެމި “އޮރެންޖް ލައިން” އަށް ޣައްޒާގެ ބިމުގެ އިތުރު 11 އިންސައްތަ ބިމަށް ވެރިވެގެންފައެވެ. މިއީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅި “ޔެލޯ ލައިން” އަށް ވުރެ އެތައްގުނަ ފުޅާ ސަރަހައްދެކެވެ.

ޣައްޒާގައި އިންސާނީ އެހީދޭ ގްރޫޕްތަކަށް ފޮނުވި ޗާޓެއްގައި، އިތުރު ކުރެވުނު ސަރަހައްދުތައް ފާހަގަކޮށް، އެހީދޭ ގްރޫޕްތަކަށްވެސް އެ ސަރަހައްދުތަކަށް ވަދެވޭނީ އިސްތިއުމާރީ ސިފައިންގެ ހުއްދަ ލިބިގެން ކަމަށް ވަނީ އަންގާފައެވެ. އޮރެންޖް ލައިން ސަރަހައްދުތަކަށް ވަދެވޭނީ އިސްތިއުމާރީ ސިފައިންނާ ކުރިން ކޯޑިނޭޓްކޮށްގެން ކަމަށާއި، ހަރަކާތްތެރި ވެވޭނީވެސް އެމީހުން އަންގާ ހިސާބުތަކުގައި ކަމަށް ވަނީ އަންގާފައެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ޔެލޯ ލައިނާއި އޮރެންޖް ލައިން ކަނޑައަޅައިގެން ޣައްޒާގެ ރައްޔިތުން އެއްފަރާތަށް ޖައްސަމުން ޖައްސަމުންގޮސް ޣައްޒާގެ ގިނަ ރައްޔިތުން މިހާރު އުޅެން ޖެހިފައިވަނީ ތޮއްޖެހިފައިވާ ހާލުގައި ކުޑަ ތަންކޮޅެއްގައެވެ.

ނުވިތާކަށް، ޔެލޯ ލައިނެއް ނުވަތަ އޮރެންޖް ލައިނެއް ފެށޭ ހިސާބެއް ނިމޭ ހިސާބެއް ނޭނގޭއިރު، އިސްތިއުމާރީ ޓެރަރިސްޓުން އާންމުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކުރުން ކޮންމެ ދުވަހެއްގެ އާދަޔަކަށް ހަދާފައި ވެއެވެ.

ބަޑިޖަހައި އާންމުން ޝަހީދު ކުރަމުންދާއިރު، ކޮންމެ ދުވަހަކުހެން މިހާރު ގެންދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ބޮންއަޅައި އާންމުން ޝަހީދުކޮށް އަދި ގެތަކާއި އިމާރާތްތައްވެސް ގޮއްވަމުންނެވެ.

މިފަދަ ޓެރަރިސްޓު ހަމަލާތަކުގައި މިހާރުވެސް އާއިލާތައް އެކަށް ވުޖޫދުން ފޮހެލަމުން އެބަ ގެންދެއެވެ.

އެމެރިކާއާއި ހުޅަނގުގެ ބޮޑެތި ބާރުތަކުން އިސްތިއުމާރީ ޒަޔަނިސްޓް ދައުލަތް ލައްވައި ހަމަލާތައް ހުއްޓާލުމަށް ހަދާ އެއްބަސްވުން ތަކަކީ ހަމައެކަނި އެއް ފަރާތުން އަމަލުކުރަންޖެހޭ އެއްބަސްވުމެއްކަން ޣައްޒާއާއި ލުބުނާނަށް ބެލުމުންވެސް އެދަނީ ފެންނަމުންނެވެ.

ޒަޔަނިސްޓު ދައުލަތުން ދެމުންގެންދާ ޓެރަރިސްޓު ހަމަލާތައް ހުއްޓުވާކަށް ހުޅަނގުން ބޭނުމެއް ނުވެއެވެ. އެމީހުން ގެންދަނީ ޓެރަރިޒަމް އިތުރަށް ފުޅާކުރުމަށް ހަތިޔާރާއި އެނޫންވެސް އަސްކަރީ އެހީ ކެނޑިނޭޅި ފޯރުކޮށް ދެމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ