ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޅިން އަލަށް 39 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދޭ: ޤީލާ

427154 1cae3206 a
TTH_Ads
STO_Ads
Advertisement

މުޅިން އަލަށް 39 ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސިއްޙީ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސިއްޙީ ދާއިރާގެ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއް ކުރިއަށްދާކަމަށެވެ. ވަޒީރު ވިދާޅުވީ، 94 ޞިއްޙީ މަރުކަޒަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި  މުޅިން އަލަށް 39 ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެކަމަނާ ވަނީ، އިމާރާތްތައް އިތުރު ކުރުމުގެ އިތުރަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ޤާއިމްކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މިވަގުތު ދިވެހިން ނެތް ދާއިރާތަކަށް ދިވެހިން ހޯދަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒިރު ވިދާޅުވީ، ސިއްޙީ ދާއިރާގައި މިހާރު ކުރަމުންދާ މަސައްކަތްތައް ނިމުމާއެކު ސިއްޙީ ދާއިރާއަށާއި، އިޖުތިމާޢީ ދާއިރާއަށްވެސް ކުރިއެރުން އަންނާނެ ކަމަށެވެ.

އެކި މަޝްރޫޢުތައް އެކި މަރުހަލާގައި ކުރިއަށް އެބަދޭ. ޑިޒައިންގެ މަރުހަލާއާއި ފައުންޑޭޝަންގެ މަރުހަލާތަކުގައި ކުރިއަށްދޭ.

HajjCop_ads
Advertisement

ޞިއްޙީ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ ސަރަޙައްދަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ވޭތުވެދިޔަ 2 އަހަރު ތެރޭގައި ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިން ލިބެން ނެތް އެތައް ޚިދުމަތްތަކެއް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ރޭޑިއޮލޮޖީ ޚިދުމަތާއި އެމްއާރްއައި، ސީޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ހެދުން ފަދަ ޚިދުމަތްތައް އަތޮޅު ތެރެއަށް ވަނީ ފުޅާކޮށްފައެވެ. ހަމަ މިއާއެކު ކޮންމެ ރަށަކުންވެސް އެންމެ އާދައިގެ ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ލެބޯރެޓަރީތައް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ، ކުރަމުންނެވެ. އޭގެ ތެރެއިން 76 ރަށުގައި ލެބޯރެޓަރީ ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަންނަނީ، މަސައްކަތް ކުރަމުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭއެމްއެސްގައި މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑު ޕީއެސްއެމްއަށް

mifco fishing masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

MMA

އެމްއެމްއޭގެ ބްރޭންޑް ފަރުމާކޮށްގެން 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު

MP Saleem

ސަރުކާރު ވައްޓާލުމުގެ އެއްވެސް ފުރުސަތެއް ދިވެހި ރައްޔިތުން ނުދޭނެ: ސަލީމް