ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަނާއާއި ރިއްސާ އަޅާކިޔާއިރު އިންސާނީ ވަސީލަތުގެ އަގު ބޮޑު: ތަޢުލީމީ ވަޒީރު

Dr. Shafeeu
STO_Ads
TTH_Ads
Advertisement

ރަނާއާއި ރިއްސާ އަޅާކިޔާއިރު އިންސާނީ ވަސީލަތުގެ އަގު ބޮޑުކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވާސިޓީގެ ދަސްވެނީންގެ މިއަދުގެ ހެނދުނު ދަންފަޅީގައި ބައިވެރިވެވަޑައިގެން ވަޒީރު ވިދާޅުވީ، ގައުމައިގެން ކުރިއަށް ދާނީ އިލްމުވެރި، ހުނަރުވެރި، އަމާނާތްތެރި އަދި ކެރޭ ބައެއްގެ މުހިންމުކަމުންކަމަށެވެ. ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހަގީގަތުގައިވެސް ކުރަމުންދަނީ ވަރަށް ބޮޑު އިންވެސްޓްމަންޓެއްކަމަށެވެ. ކުލާހަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދެއްވާ މުދައްރިސުންނާއެކު ހޭދަކުރަނީ ވަރަށް އަގުހުރި ވަގުތުތަކެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފިލާވަޅުތަކަށްވުރެ މާ އަގުހުރި ކަންތައްތަކެއް ކުލާސްތެރެއިން ދަރިވަރުންނަށް ދަސްވާނެކަމަށެވެ.

 ކުލާހަކަށް ވަކި ވަގުތުތަކެއްގައި ދަރިވަރުން އައިސް ލެކްޗަރާއިންނާއެކު ތިހޭދަ ކުރެއްވި ވަގުތަކީ ވަރަށް އަގުހުރި ވަގުތުތަކެއް. ފިލާވަޅުތަކަށްވުރެ މާ އަގުހުރި ވާހަކަތައް ކްލާސްތެރޭގައި ދެކެވިފައި ހުންނާނެ.

HajjCop_ads
MMA_Ads
Advertisement

ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ހިޔާވަހިކަމުން ނިކުންނަ ހުރިޙާ ދަރިވަރުންނަކީވެސް ޤައުމަށް ޚިދުމަތްކުރުމުގައި، ޤައުމާއިގެން ކުރިއަށްދާ ބަޔަކުކަމަށްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister Dr ismail

ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފަށާނަން: މިނިސްޓަރު