ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު ޒުވާނަކު މަރުވެއްޖެ

Igmh (1)
STO_Ads
TTH_Ads

ހދ. ކުޅުދުއްފުއްޓަށް ގޮސް އުޅުނު، އެ އަތޮޅު ނޭކުރެންދޫ ޒުވާނަކު ރުކަކުން ވެއްޓި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ހދ. ނޭކުރެންދޫ، ކާމިނީގެ، ހުސައިން ޝިފާޒެވެ.

އުމުރުން 36 އަހަރުގެ ޝިފާޒު މަރުވީ، އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

Maldivian_Ads

ޝިފާޒު ވެއްޓުނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން، މަސައްކަތެއް ކުރުމަށް ކުޅުދުއްފުއްޓަށް ގޮސް ރުކަށް އަރާ އުޅުމުގެ ތެރޭގައިއެވެ.

އޭނާއަށް ފުރަތަމަ ފަރުވާދިނީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގައެވެ. އިތުރު ފަރުވާއަށް މާލެ ގެނައީ މީގެ ތިން ދުވަސް ކުރިންނެވެ.

މިއަދުގެ އަސްރު ނަމާދުގެ ފަހުގައި އޭނާގެ ޖަނާޒާ ވަނީ އާސަހަރާ މިސްކިތުގައި ބާއްވާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި