ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ސިނާން ނިންމަވައިފި

mp sina
Maldivian_Ads
TTH_Ads
STO_Ads
Advertisement

އައު ބޭފުޅަކަށް ފުރުޞަތު ދިނުމުގެގޮތުން ކަމަށް ވިދާޅުވެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަނުކުރައްވަން އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ނިންމަވައިފިއެވެ.

ސިނާން މިގޮތަށް ނިންމަވާފައިވާއިރު ޕީއެންސީން އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް، ޕާޓީގެ ޓިކެޓްވެސް އޭނާ ވަނީ ކާމިޔާބުކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރުދަންނަވާކަމަށެވެ. ނަމަވެސް މިދިޔަ 3 ދުވަހު އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރެއްވި ކަމަށާއި އެ މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އަޅުގަނޑު ފަހަތަށްޖެހި އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެހެންވެ އެގޮތަށް ނިންމަވައި އަންނަ ޖޫން މަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމެވީ ކަމަށް ސިނާން ވިދާޅުވިއެވެ. އަދި މިގޮތަށް ނިންމެވި ނަމަވެސް ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.

މިނިންމުން މިހާރު ޕާޓީގެ ރައީސާއި ލީޑަރޝިޕަށް އަންގަވާފައިވާނެ ކަމަށާއި އެ ނިންމުން ޕާޓީގެ ރައީސާއި ލީޑަރޝިޕުން ބަލައިގެންފައިވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.

ޕީއެންސީގެ ޕްރައިމަރީގައި އެ ޕާޓީގެ ޓިކެޓަށް ސިނާނާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދެވެ.

ސިނާން ވާދަނުކުރަން ނިންމެވުމުން ޕީއެންސީން އަދި ވަކިގޮތެއް ނުނިންމައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނަށް ގެއްލުނީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާއެއްގޮތަށް ފައިސާ ނުދައްކާކަން ސާބިތުވެ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި