ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުޒްބެކިސްތާނުގައި ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު

students university
TTH_Ads
Maldivian_Ads
STO_Ads
Advertisement

އުޒްބެކިސްތާންގެ ސަރުކާރުން ދޭ އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އައިސީއީއެސް.ސީއޯ) ގެ ސްކޮލަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދި ކުރި އިއުލާނުގައި ބުނެފައިވަނީ، މި ސްކޮލަރޝިޕްގެ ދަށުން ރާއްޖެއަށް ދޭ ފަސް ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ހުޅުވާލާފައިވަނީ:
ޓަޝްކެންޓް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީގައި ބެޗްލަރސް އޮފް ޖެނެރަލް މެޑިސިންއަށް ކިޔެވުމަށާއި،
ސެންޓަރަލް އޭޝިއަން ގްރީން ޔުނިވަރސިޓީގައި، ބެޗެލަރސް އޮފް އެންވަޔަރަމެންޓަލް އެންޑް ސަސްޓެއިނަބަލް މެނޭޖްމެންޓާއި އެންވަޔަރަމެންޓް އެންޑް އިކޮނޮމިކްސްއާއި އިކޮލޮޖީ އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔެވުމަށެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށާއި އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު އައިސީއީއެސްސީއޯގެ ވެބްސައިޓުންނާއި ވުޒާރާގެ ޕޯޓަލުން ލިބެން ހުންނާނެ ކަމަށެވެ.

HajjCop_ads
Advertisement

މި ކޯސްތަކަށް 15 މެއި 2026 ވާ ހުކުރު ދުވަހުގެ ކުރިން އައިސީއީއެސްސީއޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަން ޖެހެ އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސައިންސް ސްޓްރީމް އިހްތިޔާރުކުރާ ދަރިވަރުންގެ ނިސްބަތް އިތުރުކުރުމަކީ ގައުމަށް ނުހަނު ބޭނުންތެރި ކަމެއް: ރައީސް

ސައިންސް އޮލިމްޕިއާޑްގެ ގްލޯބަލް ރައުންޑަށް ބްރައިޓްވޭގެ 43 ދަރިވަރުން ހޮވިއްޖެ

އެސްއެސްސީ ފެންވަރުގައި ޤުރްއާން މާއްދާގެ އިމްތިހާނު މިއަހަރު 10 ސްކޫލެއްގައި

ސްޕެއިންގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ދިވެހި ދަރިވަރަކަށް ސީރިއަސް އަނިޔާތަކެއް