ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއައިބީން ރ. ފައިނުގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢެއް ހިންގަން ތައްޔާރުވެއްޖެ

WhatsApp Image 2026 04 28 at 18.22.55
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް އިސްލާމިކް ބޭންކުން ސޮނެވާ ނަމޫނާއާއި، ރ. ފައިނު ކައުންސިލާ ގުޅިގެން އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރ. ފައިނުގައި، ކުނި މެނޭޖްކުރާ ގޮތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން 7 ދުވަހުގެ ވޭސްޓް އޮޑިޓެއް ހިންގައި، ސިސްޓަމެއް ފަރުމާ ކުރުމަށް ބޭނުންވާ ބޭސްލައިނެއް ކަނޑައެޅިގެންދާނެއެވެ. އަދި ކުނި މެނޭޖް ކުރުމަށް ކޮންމެހެން ބޭނުން ކުރަންޖެހޭ މެޝިނަރީތައް އިންސްޓޯލް ކުރުމާއި، އެތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެބޭންކުން ބުނެއެވެ.

މީގެއިތުރުން ކުނިން ގަސްކާނާ އުފައްދާނެ ގޮތުގެ މައްޗަށް ބިނާކޮށް ކުރިޔަށް ގެންދާ ޒީރޯ ވޭސްޓް ވޯކްޝޮޕްތައް ފައިނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ހަމަޖަހިފައެވެ. ހަމަ މިގޮތަށް އެންމެނަށް އެނގޭ ބޮޑު ސިއްރުގެ ނަމުގައި މައްސަރު ކަންތައްތަކާއި، ދަރިމައިވުމުގެ ސިއްހަތާ ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ބާއްވާ ސެޝަންތައް ވެސް މީގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން މައުލޫމާތުދެއެވެ.

MMA_Ads
HajjCop_ads
Advertisement

މިއީ އެމްއައިބީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން މުޖުތަމަޢުތައް ބާރުވެރިކޮށް، ދެމެހެއްޓެނިވި ތިމާވެށީގެ ތަރައްޤީއަށް އެހީތެރިވެދިނުމަށް އެމްއައިބީން ކުރަމުންދާ މަސައްކަތެއް ކަމަށްވެސް އެ ބޭންކުން މަޢޫލޫމާތުދެއެވެ.

2025 ވަނަ އަހަރުން ފެށިގެން އެމްއައިބީން އަންނަނީ، ސޮނެވާ ނަމޫނާއާއެކު ތިމާވެއްޓާ ގުޅޭ މަޝްރޫޢުތަކުގައި އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މީގެ ކުރިން ބ. ގޮއިދޫގައިވެސް ވަނީ، މި ޕާޓްނަރޝިޕްގެ ދަށުން ތިމާވެއްޓާ ގުޅޭ މިފަދަ މަޝްރޫޢެއް ހިންގާފައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

511984866 1280203437441341 474656240304535215 n

ފައިނު އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ވެންޓިލޭޓަރުގައި