ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަދަދުގެ ޑޮކިއުމަންޓަރީ މައްސަލައިގައި އީޝާގެ ޕާސްޕޯޓު ހިފަހައްޓައިފި

STO_Ads
TTH_Ads
Advertisement

ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ‘އަދަދު’ ނޫހުން އުފައްދާފައިވާ “އައިޝާ” ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލައިގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް “އަދަދު” އިން ގެނެސްދިން “އައިޝާ” ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި އީޝާ އަޝްރަފް ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އީޝާއަށް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުކޮށްދީފައެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާގައި ވަނީ މިއަދުން ފެށިގެން ޖުލައި 26ގެ ނިޔަލަށެވެ.

HajjCop_ads
Advertisement

އީޝާގެ އިތުރުން “އަދަދު” ނޫހުގެ އެޑިޓަރު، ހަސަންގެ ޕާސްޕޯޓުވެސް މިއަދު ވަނީ ހިފަހައްޓައިފައެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ އަދަދުގެ ސީއީއޯ ފިޔާޒް މޫސާގެ ފާސްޕޯޓްވެސް ހިފަހައްޓައިފައެވެ.

ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނު އެވިޑެންސްގެ ގޮތުގައި ގެންގޮސްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20260507

ދެވަނަ ދައުރަކަށް އިންތިހާބުވާނެ ފުރަތަމަ ރައީސްއަކީ، ރައީސް މުއިއްޒު: އަބްދުއްރަހީމް

460670 88c4ae42 9

“އުސޫލަށް ގެނައި ބަދަލަކީ، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދޭން ގެނައި ބަދަލުތަކެއް”

ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ، ސަމާލުވޭ!

88887

21 ކިލޯގެ ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި