ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ހުށަހެޅުމާމެދު އެމެރިކާގެ ރައީސް އަދިވެސް މަޝްވަރާކުރަނީ، ނިންމާނެގޮތެއް އަދި ނޭނގޭ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިމާންޑް ކުރަމުންދިޔަ “ހުށަހެޅުން” އީރާނުން މިވަނީ އެމެރިކާއަށް ހުށަހަޅާފައެވެ.

ޕާކިސްތާނު މެދުވެރިކޮށް އީރާނުން ހުށަހެޅުމެއް ހުށަހެޅިތާ 24 ގަޑިއިރު ވެގެންދިޔަ އިރުވެސް އެމެރިކާއަކަށް އީރާނުގެ ހުށަހެޅުމަށް ޖަވާބެއް ދެވިފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުވެސް ގެންދަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އޭނާގެ މުޝީރުންނާ، އީރާނުގެ ހުށަހެޅުމާ ގުޅޭގޮތުން ސީރިއަސް މަޝްވަރާތަކެއް ކުރަމުންނެވެ.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ މުޝީރުންނާ މަޝްވަރާ ކުރަމުންދަނީ އީރާނުގެ ހުށަހެޅުމާއި، އަދި އެކަމުގައި އެމެރިކާއިން ދެން އަޅާނޭ ފިޔަވަޅަކާ ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ހުށަހެޅުމުގެ އެންމެ ކުރީގައި އޮތީ، އެމެރިކާވެސް އަދި ދުނިޔެވެސް ބޭނުވެގެން އުޅޭ ކަމެވެ. އެއީ ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލުމެވެ.

އެ ކަމާމެދު އެމެރިކާއިން ސީރިއަސްކޮށް ވިސްނާންޖެހޭ ސަބަބަކީ، ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެމެރިކާގެ އިތުރުން، އެމެރިކާގެ ބައިވެރިންނާއި އަދި މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އެކަމުގެ ސަބަބުން ލޮޅުން އަރާފައިވާތީއެވެ. ދުނިޔޭގެ އިގްތިސާދަށް މިހާރަށްވެސް ބޮޑެތި އެތައް ގެއްލުންތައް ލިބިފައިވާތީއެވެ. މިކަމުގެ ޒިންމާ އެޅިފައިވަނީ އެމެރިކާއިން ހައްގަކާނުލައި އީރާނާ ދެކޮޅަށް އުދުވާނު ފެށުމުން އެމެރިކާގެ ބޮލުގައެވެ. ޓްރަމްޕްގެ ބޮލުގައެވެ.

އެހެންކަމުން، ހޮރްމޫޒު ކަނޑުއޮޅި އެއްވެސް ޝަރުތަކާ ނުލައި ހުޅުވިގެން ދިއުމަކީ އެމެރިކާވެސް ބޭނުންވާނޭ ކަމެކެވެ.

އެކަމަކު، އީރާނުން ދެން ހުށަހަޅާފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލަ، ވާހަކަތަކުން ބޭރުކުރުމަށެވެ. އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް، މަޝްވަރާއެއް ކުރާކަށް އީރާނު ބޭނުމެއް ނުވެއެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން ބުނަނީ، އީރާނުގެ ހުށަހެޅުން ޓްރަމްޕް ގަބޫލުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އެކަމަށްޓަކައި އެމެރިކާގެ ވަފުދެއް އަލުން ޕާކިސްތާނަށް ފޮނުވަންވެސް ޓްރަމްޕް ނިންމަފާނެ ކަމަށެވެ.

އީރާނުން ހުށަހެޅުން ގަބޫލު ނުކުރާނަމަ އެމެރިކާއިން ދެން ކުރާނެ ކަމަކީ، ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން އުވާލައި، އީރާނަށް އަލުން ބޮންއަޅަން ފެށުމެވެ. އެއީ، ޓްރަމްޕްގެ މައްޗަށް ނުފޫޒު ފޯރުވަމުންގެންދާ ޒަޔަނިސްޓު ދައުލަތުން ބޭނުންވާ ގޮތެވެ. އޭރުން އަލުން ހަނގުރާމަ ފެށިގެންދިޔައީއެވެ.

އަލުން ހަނގުރާމަ ފަށައިފިނަމަ އޭގެ ގެއްލުން ލިބޭނީ އީރާނަށް އެކަންޏެއް ނޫނެވެ. އޭގެ ގެއްލުން މުޅި ދުނިޔެ ތަހައްމަލް ކުރަންޖެހޭނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

އީރާނުގެ ޖަވާބު މިއަދު ދޭނެ، ބުނަނީ ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާ އިޚްލާސްތެރިވެގެން ކަމަށް

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި