ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެވުޒާރާ އެއްކުރުމުން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ: ޤީލާ

Minister Geela Ali
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސިއްޙީ ދާއިރާއާއި އިޖުތިމާޢި ދާއިރާގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ކުރެވެން ފެށުމުން ރައްޔިތުންނަށް އުއްމީދުކުރާ ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވަޒީރު ވަނީ ދެ ވުޒާރާ އެއްކޮށްލުމުގެ ބޭނުމާއި އެކަމުން ކުރާނެ ފައިދާތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.

“ސިއްޙީ އަދި އިޖުތިމާޢީ ދާއިރާގެ ބައެއް މަސައްކަތްތަކަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެކުގައި ކުރެވެން ހުރި މަސައްކަތްތައް. ޚާއްސަކޮށް ފަރުވާދޭ ނިޒާމަކީ ސިއްޙީ ދާއިރާއިން މިހާރު ފޯރުކޮށްދޭ ޚިދުމަތެއްކަމުގައި ވީނަމަވެސް އެއީ އިޖުތިމާޢީ ދާއިރާއިން ތަފާތު ގިންތިތަކުގައި މިއަދު ތިބި ރައްޔިތުންނާ ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްތައް ކުރެވިގެންދާނެ ދާއިރާއެއް.”  ޤީލާ ޢަލީ

HajjCop_ads
Advertisement

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ސިއްޙީ އަދި އިޖުތިމާޢީ ދާއިރާގައި 10،000އަށްވުރެ ގިނަ މުވައްޒަފުން ތިބިކަމަށާއި، އަދި އެ ދެ ވުޒާރާގެ ދަށުން 70،000އެއްހާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުންދާކަމަށެވެ.

ދެ ދާއިރާ އެއްކުރުމުގެ މަޤްޞަދަކީ ރައްޔިތުން ޤަބޫލުކުރާ ފެންވަރުގެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިޖުތިމާޢީ ކަންކަމާއި ދުޅަހެޔޮ ސިއްޙަތެއްގައި ރައްޔިތުން ބޭތިއްބުމަށްޓަކައި ބަލިތައް މަދުކުރުމާއި ބަލިތަކަށް ފަރުވާކުރުމުގެ އެންމެހާ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ހޯދަންޖެހޭ ވަޞީލަތްތައް ފުރިހަމަކޮށް ކަންކަން ބައްޓަންކުުރުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށްވެސް ވަޒީރު ޤީލާ ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IGMH Darumavatha hospital

މާލެ ސަރަޙައްދުގައި ބިޔަ ހޮސްޕިޓަލްތަކެއް ތަރައްޤީ ކުރަނީ

geela

އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ޤީލާ

Geela

ގެވެށި އަނިޔާގެ އެހީތެރިކަން ފޯރުކޮށްދޭ 3 މަރުކަޒު ތަރައްޤީކުރަނީ

Main 20260107

ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާ