ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަޑިޖެހީ އެމެރިކާ މިހެއް، ޓްރަމްޕް ބުނީ އީރާނާ ގުޅުމެއްވާކަން އަދި ނޭނގޭ ކަމަށް

ހިލްޓަން ހޮޓަލުގައި ބަޑިޖެހިމީހާ ހައްޔަރުކޮށްފައި:
TTH_Ads
STO_Ads
Advertisement

އެމެރިކާގެ ވައިޓް ހައުސްގައި “ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ” ފެށިތަނާ، ޑިނަރ ކުރިއަށްދިޔަ ހޮޓަލުގައި ބަޑިޖެހީ އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަން ނަމަކަށްކިޔާ އެމެރިކާގެ ކެލިފޯނިއާގެ ރައްޔިތެއްކަން މިވަނީ އެނގިފައެވެ.

ޑިނަރ ކުރިއަށްދިޔައީ ވޮޝިންޓަންގެ ހިލްޓަން ހޮޓަލުގައެވެ. ޑިނަރ ހިނގަމުންދިޔައީ އެ ހޮޓަލުގެ ބޯލްރޫމްގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ފަސްޓްލޭޑީ މެލާނިއާ ޓްރަމްޕާއި، ނައިބް ރައީސް ޖޭޑީ ވެންސާއި އަދި ކެބިނެޓުގެ މިނިސްޓަރުންނާއި، އެހެން މެހްމާނުން ތިބީ ބޯލްރޫމްގައެވެ.

HajjCop_ads
Advertisement

ކޯލް ތޯމަސް އެލަން ބަޑިޖަހާފައިވަނީ ބޯލްރޫމްގެ ބޭރުގައި ހުރެއެވެ. އޭނާއާއި ސަލާމަތީ އޮފިސަރަކާ ދެމެދު ކުރިމަތިލުން ހިންގީ ބޯލްރޫމްގެ ބޭރުގައެވެ. އެމީހާ ސެކިއުރިޓީ އޮފިސަރާ ދިމާއަށް ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ ސެކިއުރިޓީ ގާޑުގެ ވެސްޓަށް ކަމަށް ވެއެވެ.

ހައެއްކަފަހަރު ބަޑިޖެހި އަޑު އިވުނު ކަމަށް މީޑިއާއިން ރިޕޯޓްކުރި ނަމަވެސް، އެތަނުގައި ތިބި ސެކިއުރިޓީން އެލަންގެ ގަޔަށް ބަޑިޖަހާފައެއް ނުވެއެވެ. ސެކިއުރިޓީން އެލަން ހައްޔަރުކުރީ އޮބައިގަނެގެންނެވެ.

ބަޑީގެ އަޑުފަށްގަނޑު ބޯލްރޫމް ތެރެއަށްވެސް އިވުމާއެކު، ސަލާމަތީ އޭޖެންޓުން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. އަދި ރައީސް ޓްރަމްޕާއި، އެހެން މީހުންވެސް ވަގުތުން ހިމާޔަތްދީގެން އެތަނުން ގެންދިޔައެވެ.

ސަލާމަތީ އޭޖެންޓުން ކޯލް އެލަން ހައްޔަރުކޮށްފައި ވާއިރު، އޭނާގެ އަތުން ޝޮޓްގަންއަކާއި، ހޭންޑްގަންއަކާއި އަދި ވަޅިތަކެއްވެސް ފެނިފައިވާ ކަމަށް، ވޮޝިންޓަންގެ ފުލުހުންގެ ވެރިޔާ ބުނެފައި ވެއެވެ.

ކޯލް އެލަންގެ އެތެރެއަށް ވަދެވުނީ އޭނާއަކީ އެ ހޮޓަލުގައި ހުރި ގެސްޓަކަށް ވާތީ ކަމަށް، އެމެރިކާގެ މީޑިއާއިން ބުނެފައި ވެއެވެ.

މިހާދިސާ ހިނގުމާއެކު، މިކަމާއި އީރާނާ ގުޅުވަފާނެ ކަމަށް އެތައް ފަރާތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފެށިއެވެ.

ނަމަވެސް، ހާދިސާ ހިނގިތާ ބައިގަޑިއެއްހާއިރު ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕްރެސް ކޮންފަރެންސެއް ބާއްވައި ބުނީ، ބަޑީގެ ހާދިސާއާއި އީރާނާ ގުޅުމެއް ވާކަމަށް އަދި ނޭނގޭ ކަމަށާއި، އަދި މި ހާދިސާއާއި އީރާނާ ގުޅުމެއް ހުރި ކަމަށް ނުބެލެވޭ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ރައީސްގެ ސަލާމަތީ ފިޔަވަޅުތަކުގެ ދޯދިޔާކަމުގެ ބަހުސް ފެށިފައިވާއިރު، ވީޑިއޯތަކުން ފެންނަ މަންޒަރުތަކުން ޝައްކު އުފެދޭ އެތައް ވާހަކަތަކެއްވެސް ފެތުރެމުން އެބަދެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ