ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ އަދި ވިނަރެސް ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ، ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން ވިނަރެސްގެ 10 ޓަވަރުންނެވެ. މީގެ އިތުރުން އަމާންދޯދި 12، 13، 14، 15، 16 އަދި އަމާން އުދަރެސް 5، އަދި 6 އިން ވެސް ވަނީ ކަރަންޓް ކެނޑިފަ އެވެ.
ސްޓެލްކޯ އިން ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލެއްގެ ސަބަބުން ކަމަށެވެ. އަދި މިހާރު މައްސަލަ ދެނެގަނެ، ކަރަންޓުގެ ހިދުމަތް އެ ސަރަހައްދަށް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުންޏެވެ.

މައްސަލަ ހައްލުކޮށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ.
މިމަހުގެ 12 ވަނަ ދުވަހުވެސް ހުޅުމާލެ ފޭސް ދޭއްގެ ބޮޑު ބަޔަކުން ކަރަންޓްގެ ހިދުމަތް ގިނަ ވަގުތުތަކަކަށް ވަނީ މެދުކެނޑިފަ އެވެ. އެފަހަރު ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވީ ދެވަނަ ފިޔަވައްސަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ކޭބަލްތަކުގެ ތެރެއިން މައި ކޭބަލަކަށް ގެއްލުންވުމުންނެވެ.








ކިޔުންތެރިންގެ ހިޔާލު