ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ދެ ކާރު ޓޯވކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓްކުރީ، ރޭ 21:04 އެހާކަންހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ، ވިނަރެސް 7 ކައިރީގައި މަޑުކޮށްގެން އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އެ ސައިކަލަކީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެކެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖާއަށެވެ. މި ހާދިސާގައި އަނިޔާވި ކުޑަ ކުއްޖާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. އަދި އެކުއްޖާގެ ހާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ދަނީ، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު