ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޯއްޗާއި ފްލެޓަށް އެދި 20،000އަށްވުރެ ގިނަ ފޯމު

dr muthalib
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ގޯއްޗާއި ފްލެޓަށް ހުށަޅުމަށް ހުޅުވާލުމުން މިހާތަނަށް 20،000 ފޯމް ލިބިފައިވާކަމަށެވެ. އަދި ޑްރާފްޓް މަރުހަލާގައި 16000 ފޯމް އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ގޯއްޗާއި ފްލެޓަށް އެދި ތިރީސް ހަހާސް ފޯމް ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތު އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ފޯމު ހުށައެޅުމަށް ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. ސަރުކާރުން ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓެވެ.

HajjCop_ads
Advertisement

ސަރުކާރުން ގޯއްޗާއި ފްލެޓަށް ކެޓަގަރީތައް ކަނޑައެޅުމުގައި ދިރިއުޅުމުގެ އެކި ޙާލަތްތަކަށް ރިޢާޔަތްކޮށް ކެޓަގަރީތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރަށްވެހިންގެ އިތުރުން، ޚާއްސަ ކެޓަގަރީތަކަށް ބަހާލައިގެން 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ.

އިޖުތިމާޢީ ބޯހިޔާވަހިކަމުން 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ދެ ޖިންސުގެ ދަރިން ތިބޭ މީހުންނަށް 3 ކޮޓަރީގެ ފްލެޓްތަކަށް އެޕްލައި ކުރެވޭގޮތްވެސް ވަނީ ހަދާފައެވެ. ގޯތި ދިނުމުގައިވެސް މައިމުޅަވެފައިވާ މީހުންނާއި، މާލޭގައި ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20260515

ޑައިވަރުންތައް ގެއްލުނު ހާދިސާ ހިނގި ސަރަޙައްދުގައި ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

raees muiz

ފީނަން ދިޔަ އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

HIVmij3acAEqldc

ދުރާލާ ވިސާ ނެގުމަކާނުލައި ދިވެހީންނަށް މިހާރު ސޭޝެލްސްއަށް ދަތުރުކުރެވޭނެ!

muiz

ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ ޚާއްޞަ އިސްކަމެއްދީގެން: ރައީސް