ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީގައި 727 މީހުންނަށް ވޯޓުލެވޭނެ: ޕީއެންސީ

Maldivian_Ads
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނު ގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި727 މީހުންނަށް ވޯޓުލެވޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އެ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިއަށްގެންދާ މި ޕްރައިމަރީގައި ވޯޓުލުމަށް އައްޑޫ ސިޓީ ހިތަދު އާއި މާލޭގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

HajjCop_ads
Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ ޕްރައިމަރީގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށް ޕީއެންސީން ބުންޏެވެ. އިތުރު އެއްވެސް ބޭފުޅަކު ފޯމު ހުށަހަޅާފައެއްނުވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި