ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް ދެން އޮތީ ފަހު ފުރުސަތު، އެއްބަސްވުމެއް ނުހަދައިފިނަމަ މުޅި ގައުމު ގޮއްވާލާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads
Advertisement

ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނަށް ދެން އޮތީ ފަހު ފުރުސަތު ކަމަށާއި، އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ މުޅި އީރާނު ގޮއްވާލާނޭ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ މިއިންޒާރު އައީ، އެމެރިކާގެ ފޮކްސް ނިއުސްއަށް ދިން އިންޓަރވިއުއެއްގައެވެ.

ޓްރަމްޕް ބުނީ، ކުރީގެ ރައީސް އޮބާމާ ހެދި ގޯސް އޭނާ ތަކުރާރު ނުކުރާނޭ ކަމަށެވެ.

HajjCop_ads
Advertisement

މިއީ އީރާނަށް ލިބޭ ފަހު ފުރުސަތު ކަމަށާިއ، އީރާނުން އެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ މުޅި ގައުމު ގޮއްވާލެވިގެންދާނޭ ކަމަށް ޓްރަމްޕްގެ އިންޒާރުގައި ވެއެވެ.

ޓްރަމްޕް އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، އީރާނުން އެއްބަސްވުމަކަށް ނުގޮސްފިނަމަ އީރާނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އޭނާ އަޅާނޭ ކަމަށާއި، ވޭތުވެދިޔަ 47 އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސުން ކުރަންޖެހޭ ކަމެއް އޭނާއަށް ކުރަން ޖެހުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

ޓްރަމްޕް ބުނެފައިވަނީ، މިއީ އީރާނުގެ ކަންތައް “ނިންމާލާނޭ” ފަހަރު ކަމަށެވެ.

އީރާނުގެ އާބާދީގައި 93 މިލިއަނަށްވުރެ ގިނަ މީހުން ހިމެނެއެވެ. އީރާނަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެއް ހަޟާރަތެވެ. އެމެރިކާގެ ރައީސް އިންޒާރު ދެމުން މިގެންދަނީ އެ ހުރިހާ އެންމެނާއެކު އީރާނު ގޮއްވާލާނޭ ކަމުގެ ވާހަކައެވެ.

މިފަދަ އިންޒާރުތައް ދިނުމަކީވެސް ހަނގުރާމައިގެ ޖަރީމާއެކެވެ. އެއި، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ކުށްވެރިވާނޭ ވާހަކަތަކެކެވެ.

ޓްރަމްޕް ބުނެފައިވަނީ، އީރާނާ ވާހަކަ ދެއްކުމަށްޓަކައި އޭނާގެ މަންދޫބުން މާދަމާ ހަވީރު ޕާކިސްތާނަށް ދާނޭ ކަމަށެވެ. ދެވަނަ ބުރުގެ ވާހަކަތަކަށް ނައިބް ރައީސް ޖޭޑީ ވެންސް ނުދާނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ޕާކިސްތާނުގައި ބާއްވަން ތައްޔާރު ވަމުންދާއިރު، އީރާނުން އިއްޔެ ބުނެފައިވަނީ، އީރާނުން ހޮރްމޫޒު ބަންދުކުރުމުން އެމެރިކާގެ އައު ހުށަހެޅުންތަކެއް ލިބި އެކަމާމެދު އިރާނުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހިޖުރަ
ޓުރަންޕް ތިކަން ހަނދާން ނައްތާލާ

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ