ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިހާބުގެ ދެވަނަ ބުރު: ޕީއެންސީން ތިން ގޮނޑި ކާމިޔާބުކޮށްފި

Ui
TTH_Ads
STO_Ads
Maldivian_Ads
Advertisement

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގައި ވެރިކަންކުރާ ޕީއެންސީން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑި ކާމިޔާބުކޮށްފިއެވެ.

މިއަދު ބޭއްވި ދެވަނަ ބުރުގެ ވޯޓުލުމުގައި، ޖުމުލަ 5 ދާއިރާއެއްގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ބ. ދޮންފަނު ކައުންސިލާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިތަކުގެ އިތުރުން، ހއ. ކެލާގެ އަންހެނުންގެ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީގެ މެންބަރު ހޮވުމަށް ނެގި ވޯޓެވެ.

ހއ. ކެލާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިހާބުކުރުމަށް ނެގި ވޯޓު ކާމިޔާބުކުރީ ޕީއެންސީން ވާދަކުރި ކެންޑިޑޭޓު ހައްވާ ފަޒުނާއެވެ. އޭނާއާ ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓު މަހުދިއްޔާ އާދަމެވެ.

HajjCop_ads
Advertisement

ދެން ޕީއެންސީން ކާމިޔާބުކުރީ ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމެވެ. އެ މަގާމަަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތުރު ރިއުޒާއެވެ. އޭނާއާ ވާދަކުުރީ އަމިއްލަ ގޮތުން އެ މަގާމަށް ކުރިމަތިލި ކެންޑިޑޭޓު ފާތިމަތު ނިޝާދާއެވެ.

ތިންވަނަ ދާއިރާއަކަށް ޕީއެންސީން ކާމިޔާބުކުރީ ލ. މާވަަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމުގެ އިންތިހާބެވެ. އެ އިންތިހާބުގައި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝާފިޔާއާއި އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް މާއިޝާއެވެ.

ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހްއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Original

ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު އިތުރު 10 ބޭފުޅަކު އައްޔަނުކުރައްވައިފި