ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއާއެކު ދެވަނަ ބުރެއްގެ ވާހަކަތަކަށް ނުދާނޭކަމުގެ އިޝާރާތެއް އީރާނުން ކޮށްފި

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސައީދު ޚާތިބްޒާދީ:
STO_Ads
TTH_Ads
Advertisement

އެމެރިކާއިން ކުރަމުންދާ ޑިމާންޑްތަކާއި، ހޮރްމޫޒު މައްސަލާގައި އެމެރިކާއާއެކު ދެވަނަ ބުރެއްގެ ވާހަކަތަކަށް ނުދާނޭ ކަމުގެ އިޝާރާތެއް އީރާނުން ދީފިއެވެ.

އީރާނު ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އީރާނު ރަސްމީ އޭޖެންސީތަކުން ބުނެފައިވަނީ، އެމެރިކާއިން ހޮރްމޫޒު ބްލޮކް ކޮށްގެން އުޅޭ އުޅުން ހުއްޓާލަން ޓްރަމްޕް ދެކޮޅު ހެދުމާއި، އަދި ޓްރަމްޕްގެ ފަރާތުން އަންނަ ހަރުދަނާކަމެއްނެތް ޑިމާންޑްތަކާއި، ޕްރެޝަރުގެ ސަބަބުން އެމެރިކާއާއެކު މިވަގުތު ވާހަކަތަކަށް ދިއުމަކީ ބޭކާރު ކަމެއް ކަމަށް އީރާނު ސަރުކާރު ދެކޭ ކަމަށެވެ. އެމެރިކާއާ ވާހަކަ ދެއްކުމަށް ދިއުމަކީ ބޭކާރު ވަގުތުތަކެއް ހޭދަވެގެންދާ އަދި ނަތީޖާއެއް ނުނިކުންނާނެ ކަމެއް ކަމަށް ދެކޭ ކަމަށްވެސް އީރާނު ސަރުކާރުން ދެކެއެވެ.

އީރާނު ސަރުކާރުން ބުނަމުން ގެންދަނީ، އެމެރިކާއާއެކު މަޝްވަރާގެ މޭޒުދޮށަށް އީރާނު ދާނީ އެމެރިކާއިން ކުރަމުންދާ ޑިމާންޑްތައް ހުއްޓާލުމުން ކަމަށެވެ.

HajjCop_ads
Advertisement

މިވަގުތު ތުރުކީގައި ހުންނެވި އީރާނު ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސައީދު ޚާތިބްޒާދީ، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ދެފަރާތުން ހިއްސާކުރެވޭ އޮނިގަނޑެއްގެ މައްޗަށް އެއްބަސްވާންދެން، އީރާނު ވާހަކަތަކަށް ނުދާނޭ ކަމަށެވެ.

އެމެރިކާއާއެކު ދެވަނަ ބުރެއްގެ ވާހަކަތަކަށް ދާން އީރާނު އެއްބަސްވެފައިވެސް ނުވާކަމަށް، އީރާނު މީޑިއާއިން ބުނެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު މިހާރު މުއާމަލާތްތައް ކުރަމުންގެންދަނީ ޕާކިސްތާނު މެދުވެރިކޮށް، މެސެޖްގެ ޒަރީއާއިންނެވެ.

ތުރުކީގައި މިވަގުތު ހުންނެވި މިސްރުގެ ޚާރިޖީ ވަޒީރު ބަދްރް އަބްދުއްލަތީ ވިދާޅުވީ، އެމެރިކާއާއި އީރާނު އަލުން އެއްމޭޒުދޮށަށް ގެނެވޭތޯ މިސްރާއި ޕާކިސްތާނުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ވަރަށް އަވަހަށް އެކަން ކުރެވޭނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސައީދު ޚާތިބްޒާދީ ވިދާޅުވީ، އީރާނު ބޭނުންވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އީރާނުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތުގެމަތިން ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް ގޮސް، މައްސަލަ ހައްލުކުރުމަށް ކަމަށާއި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށައިފިނަމަ އީރާނުން ފުރިހަމަ ބާރުގައި ރައްދު ދޭނޭ ކަމަށެވެ.

އީރާނުން ހޮރްމޫޒު ކަނޑޮއޮޅި އިއްޔެ ހުޅުވާލީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމުގެ ގޮތުންނެވެ. ނަމަވެސް، އީރާނުގެ އުޅަނދުފަހަރަށް ހޮރްމޫޒުގައި ހުރަސްއެޅުން އެމެރިކާއިން ހުއްޓައެއް ނުލިއެވެ. އެމެރިކާވަނީ އެއްބަސްވުމާ ޚިލާފް ވެފައެވެ.

އެކަމަކާހެދި އީރާނުން މިވަނީ، ހޮރްމޫޒު އަލުން ހުޅުވާލިތާ 24 ގަޑިއިރުވެސް ނުވަނީސް ކަނޑުއޮޅި އަލުން ބަންދުކޮށްފައެވެ.

އީރާނާއި އެމެރިކާއިން ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އެމެރިކާގެ ރައީސް މިހާރުވެސް ގެންދަނީ އީރާނު ކައިރިއަށް އެމެރިކާ ސިފައިންގެ އިތުރު ލަޝްކަރުތައް ޖަމާކުރަމުންނެވެ.

އެމެރިކާ-އީރާނު ހަމަލާތައް ހުއްޓާލުމުގެ ދެ ހަފްތާގެ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 22 ގައި ހަމަވާއިރު، އަންގާރަ ދުވަހުގެ ނިޔަލަށް އީރާނުން އެއްބަސްވުމަކަށް ނުގޮސްފިނަމަ އީރާނަށް އަލުން ބޮންއަޅަން ފަށާނޭކަމަށް ޓްރަމްޕް ރޭގައިވަނީ އިންޒާރުވެސް ދީފައެވެ.

އެމެރިކާއިން ދެމުންގެންދާ އިންޒާރުތަކާއި، ޑިމާންޑްތަކާއި، ކުރަމުންދާ ކަންކަމުގެ ސަބަބުން އީރާނު، އެމެރިކާއާއެކު އެއްމޭޒުދޮށަށް ދާންޖެހޭ ސަބަބެއް ޓްރަމްޕަކަށް ދެއްކޭކަށް ނެތެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ