ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ޓެކްސީގެ ވެބްސައިޓް ތަޢާރަފްކޮށް އަގުނަގަން ފަށައިފި، މަދު ވަގުތުކޮޅެއްތެރޭ ބުކްކޮށްލެވޭނެ

Big IYQZzLqBS10X4YQoDsxyedEXS
STO_Ads
TTH_Ads
Advertisement

މާލޭ ޓެކްސީ ލައިންގެ ރަސްމީ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ. މިއީ ޓެކްސީ ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެމްޓީސީސީން ބުނީ ، http://mtl.mtcc.mv ލިންކް މެދުވެރިކޮށް ވެބްސައިޓަށް ވަދެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެ ކަމަށެވެ. އަދި ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް ބުންޏެވެ.

ދަތުރުކުރާ އަގުތައް:

* މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2ގެ އެތެރޭގެ ދަތުރު : 30 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުމާލެ ފިޔަވަހި2އަށް : 40 ރުފިޔާ
* މާލެ’އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ’އަށް : 70 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި1އަށް : 80 ރުފިޔާ
* މާލެ’އިން ހުޅުމާލެ ފިޔަވަހި1އަށް، އަދި ހުޅުމާލެ ފިޔަވަހި1އިން މާލެ’އަށް : 85 ރުފިޔާ
* ހުޅުމާލެ ފިޔަވަހި2އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި2އަށް : 85 ރުފިޔާ
* މާލެ’އިން ހުޅުމާލެ ފިޔަވަހި2އަށް، އަދި ހުޅުމާލެ ފިޔަވަހި2އިން މާލެ’އަށް : 100 ރުފިޔާ

HajjCop_ads
Advertisement

ހޮޓްލައިން އަދި ވެބްސައިޓުން ޓެކްސީ ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޓެކްސީއަށް ރުފިޔާ ދެއްކުމުގެ ކަންމަށްވެސް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހޮޓްލައިނަށް ގުޅައިގެން ޓެކްސީ ބުކް ކުރާނަމަ ޕޭނެމެންޓް ލިންކެއް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެއެވެ. އަދި ވެބެސައިޓުން ބުކްކުރާނަމަ ސީދާ ވެބްސައިޓުގެ ތެރެއިންވެސް ރުފިޔާ ދައްކާލެވޭނެއެވެ.

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޚިދުމަތް ފެށުމަށްފަހު މިމަހުގެ 3 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކޮށްދީފައިވަނީ މުޅިން ހިލޭއެވެ. ނަމަވެސް މިއަދުން ފެށިގެން މި ޚިދުމަތަށް އަގު ނަގަން ވަނީ ފަށާފައެވެ.

މާލެ ޓެކްސީގެ ކާރުތަކުން މަގުމަތިން އަތް ނަގައިގެން ދަތުރެއް ނުނަގާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޓްރެކްކޮށް، މޮނިޓަރކޮށްގެން ރޭވުންތެރިކަމާއެކު ދޭ ޚިދުމަތަކަށް ވާތީއެވެ. މީގެ ސަބަބުން ކާރުގައި ތަކެތި ބެހެއްޓުން ފަދަ ކަންކަމުގައި ކަސްޓަމަރުންނަށް ލިބޭ ގެއްލުންތައް ކުޑަވެ، އިތުބާރު ހުރި ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ފީނަން ދިޔަ އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

HIVmij3acAEqldc

ދުރާލާ ވިސާ ނެގުމަކާނުލައި ދިވެހީންނަށް މިހާރު ސޭޝެލްސްއަށް ދަތުރުކުރެވޭނެ!

muiz

ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ ޚާއްޞަ އިސްކަމެއްދީގެން: ރައީސް

Photo 6068726388128157840 y

މައްކާ ހޮޓަލުގައި ހައްޖުވެރިންނަށް ޚާއްޞަ ކްނިކެއް ޤާއިމްކޮށްފި