ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުޕަރ މެޖޯރިޓީ ނިޒާމު މަޖިލީހުން ނެތިކޮށްލެވޭނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް

DSC
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
TTH_Ads
STO_Ads
Maldivian_Ads
Advertisement

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކަކަށް މަގުފަހިވެ، ސުޕަމެޖޯރިޓީގެ ނިޒާމު ރައްޔިތުންގެ މަޖިލިހުން ނެތިކޮށްލެވޭނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީ ހަރުގޭޣައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑޫ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައީސްކަމަށް އިންތިހާބުވާނެ ބޭފުޅަކު އެނގިވަޑައިގަތުމެއް ނެތި، މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެއީ މަޖިލީހުގެ ސުޕަމެޖޯރޓީ ނެތިކޮށްލުމަށް ލިބޭ ފުރުޞަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަކަމަށް ވޯޓްދޭން ޖެހެނީ އެކަމުން ރައްޔިތުންނާއި ޤައުމަށް ފައިދާ އޮތުމުން ކަމަށެވެ. މިހާރު އޮތްގޮތުން ޤައުމާއި ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމުގައި ވިދާޅުވި އެވެ. އެއީ ހުރިހާ ރައްޔިތުން ޤަބޫލުކުރާ ޙަޤީޤަތެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ވޯޓެއް ނަގާތީ ވަރަށް ގިނަ ބަޔަކު އެމަނިކުފާނާއި ސުވާލު ކުރައްވާ ކަމަށެވެ. މި ވޯޓުން ލިބޭނެ ސިޔާސީ ފައިދާއެއް ނެތްއިރު އެފަދަ ވޯޓެއް ނަގަނީ ކީއްކުރަންތޯ ސުވާލު ކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ މަންފާ ލިބޭނެ ގޮތް ބައްލަވައިގެން ކަންކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. މީގެ ކުރީން ނިންމެވި ހުރިހާ ނިންމެވުމަކީ ވެސް އެފަދަ ވިސްނުމެއް ނެތި ނިންމަވާފައިވާ ނިންމެވުންތައް ކަމުގައި ވިދާޅުވި އެވެ. އެހެން ނޫންނަމަ ވޭޕް މަނާކޮށް ދުންފަތުގެ ޤާނޫނާއި އެފަދަ ބަދަލުތައް ނުގެންނެވީސް ކަމުގައި ވިދާޅުވިއެވެ. އެހެން ކަމުން ރައީސް ވަނީ ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށް ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ދެއްވުމަށް ވޯޓް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ވަނީ ކައުންސިލް އިންތިޚާބު ދޫކޮށްލާ “ފެންނަ ނުފެންނަ” ވޯޓަށް ފޯކަސް ކޮށްގެން މުޅި އިދިކޮޅުން މިއަދު ރެއާއި ދުވާލު މަސައްކަތް ކުރަނީ އެ ބަދަލުތައް ރާއްޖެއަށް ގެންނަން ބޭނުންނުވާތީ ކަމަށެވެ. އެއީ ޤައުމަށް ހެޔޮއެދިގެން ކުރާކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި އެބަޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ފްރީ އެންޑް ފެއާ އިންތިހާބަކަށް ހަދަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން އިސްކުރަނީ ގައުމު ކަމަށާއި އިސްލާހީ ބަދަލުތަކެއް މި ސަރުކާރުން ގެނައުމަށް މަސައްކަތް ކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި