ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓިވެޓް ސްކޮލަޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

STO_Ads
MPL_Ads
TTH_Ads
Advertisement

އިންޑިއާގެ ސްކޮލަޝިޕްތަކާއި ޓިވެޓް ސްކޮލަޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިންޑިއާއިން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ސްކޮލާޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފައިވާކަން ހާމަކުރީ އިންޑިއަން ހައިކޮމިޝަނުން ކުރި އެކްސް ޕޯސްޓެއްގަ އެވެ.

މި ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

HajjCop_ads
MPL_Ads
Advertisement

އެ ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ޖުމްލަ 32 ޖާގަ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އަންޑަގްރެޖުއޭޓް ނުވަތަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް 20 ޖާގަ، އާޓްސް އަދި ކަލްޗާއިން 10 ޖާގަ، ޔޯގާ އަދި ފިޓްނަސްއިން ދެ ޖާގަ ހިމެނެ އެވެ.

މި ސްކޮލަރޝިޕްތަކަށް ހުށަހަޅާނީ އައިސީސީއާރުގެ ޕޯޓަލް މެދުވެރިކޮށެވެ.

މީގެ އިތުރުން ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު މި މަހު 26އަށް ވަނި އިތުރުކޮށްދީފަ އެވެ.

“ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް” ސްކީމްގެ ދަށުން ތައުލީމާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލީ ޑިޕްލޮމާ ހަތް ކޯހަކާއި ބެޗްލަރސް ޑިގްރީގެ ތިން ކޯހަކުން ކިޔެވުމުގެ ފުރުޞަތެއެވެ.
ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕުގެ ދަށުން ކިޔަވަން ފުރުޞަތު ލިބޭ ފަރާތްތަކަށް ކޯހުގެ ދިގުމިނަށް ބަލާ ކަނޑައެޅިފައިވާ މުއްދަތަކަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ޚިދުމަތްކުރުމަށް ބޮންޑު ކުރާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެ އެވެ.

އެ ވުޒާރާއިން ބުނެފައިވަނީ، ކޯހުގައި ކިޔަވަން ދަރިވަރު އިޚުތިޔާރު ކޯހަކީ ފުލްޓައިމް އަދި އިންގްލިޝް މީޑއަމްއިން ކިޔަވައިދޭ ކޯހަކަށް ވާންޖެހޭނެ ކަމަށާއި ކިޔަވަން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ ކިޔަވަން ފަށަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލަރޝިޕްގެ ފުރުޞަތު ކެންސަލްވާނެކަމަށް އެ އެވުޒާރާއިން ބުނެ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

darivarun

ދަރިވަރުން ފުރަތަމަ ޓާމްގެ ޗުއްޓީއަށް

މަތީ އަރުތަވެރިންގެ އިނާމު 2025: ފަސްވަނަ ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި

education minister

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް

މުޅިން އަލަށް ހަތަރު ސުކޫލެއްގައި މަތީ ސާނަވީ ފަށައިފި